ދިވެހިރާއްޖެ
| މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން މާލެ، ދިވެހިރާއްޖެ 
 އިޢުލާން ނަންބަރު: IUL)MMPRC-HR/1/2021/2) 
 ވަޒީފާގެ ފުރުޞަތު 
 | |
| މަޤާމުގެ ނަން: އެގްޒެކެޓިވް ޑިރެކްޓަރ | - މުސާރަ (މަހަކު) : -/16,200 ރުފިޔާ މަހަކު - ސަރވިސް އެލަވަންސް: -/5,400 ރުފިޔާ މަހަކު - ޑެއިލީ އެލަވަންސް: -/5,400 ރުފިޔާ މަހަކު ނޯޓް: (މި މަޤާމުގެ މުސާރައަށް ވަނީ ކޮވިޑްގެ ހާލަތާއި ގުޅިގެން ތިރިގައި އެވާ ބަދަލު ގެނެވިފައެވެ. އަދި ކޮވިޑްގެ ހާލަތު ރަނގަޅުވުމުން މަޤާމުގެ އަސްލު މުސާރަ އިއާދަ ކުރެވޭނެއެވެ. - މުސާރަ (މަހަކު) : -/15،228 ރުފިޔާ މަހަކު - ސަރވިސް އެލަވަންސް:-/5،076 ރުފިޔާ މަހަކު - ޑެއިލީ އެލަވަންސް:-/5،076 ރުފިޔާ މަހަކު) - އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން | 
| ޑިޕާރޓްމަންޓް / ސެކްޝަން: ކޯޕަރޭޓް އެފެއާޒް / ޕްރޮކިއޮމަންޓް | ބޭނުންވާ އަދަދު: 1 | 
| 1- ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު: ހ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 (މާސްޓާސް ޑިގްރީ/ އެޑްވާންސް ޕްރޮފެޝަނަލް ޑިޕްލޮމާ/އެޑްވާންސް ޕްރޮފެޝަނަލް ސެޓްފިކެޓް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ސީނިއަރ މަގާމެއްގައި ލިބިފައިވުން (ނުވަތަ) ށ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 8 (ގްރެޗުއޭޓް ޑިޕްލޮމާ/ޕޯސްޓް ގްރެޗުއޭޓް ޑިޕްލޮމާ) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ސީނިއަރ މަގާމެއްގައި ލިބިފައިވުން (ނުވަތަ) ނ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 (ބެޗްލާސް ހޮނާސް ޑިގްރީ/ބެޗްލާސް ޑިގްރީ/ޕްރޮފެޝަނަލް ޑިޕްލޮމާ/ ޕްރޮފެޝަނަލް ސެޓްފިކެޓް)ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 7 އަހަރު ދުވަހުގެ ތަޖުރިބާ ސީނިއަރ މަގާމެއްގައި ލިބިފައިވުން. މީގެ އިތުރުން މި މަޤާމަށް ކުރިމަތިލާ ފަރާތަކީ: ހ. ޓީމް ބިލްޑް ކުރުމައީ، ކޯޕަރޭޝަންގެ މަޤުޞަދު ހާސިލްކުރުމަށް މަގުދެއްކުމުގެ ޤާބިލުކަން ހުރި ފަރާތެއްކަމުގައިވުން ށ. ކަންކަމާއިމެދު ފުންކޮށް ވިސްނުމުގެ ހުނަރާއި ޤާބިލުކަން ހުރުން ނ. އަމިއްލަ އިސްނެގުމާއި އަދި ކްލައިންޓުންނާއި މުޢާމަލާތް ކުރުމުގެ ހުނަރާއި ޤާބިލުކަން ހުރުން ރ. މައްސަލަ ހައްލުކުރުމުގެ ހުނަރާއި ޤާބިލުކަން ހުރުން ބ. ޕްރޮޖެކްޓް މެނޭޖްމެންޓްގެ ހުނަރާއި ޤާބިލުކަން ހުރުން ޅ. ކަންކަމާއިމެދު މަޝްވަރާކުރުމާއި އަދި މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ ހުރަނާއި ޤާބިލުކަން ހުރުން ކ. ފަރިތަކަމާއެކު ދިވެހި އަދި އިނގިރޭސިބަހުން ލިޔެ، ވާހަކަދައްކާ އަދި ޕްރެޒެންޓް ކުރެވޭފަދަ ފަރާތެއްކަމުގައި ވުން | |
| 2- މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: 
 | |
| 3- ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް: 13 ޖެނުވަރީ 2021 ވަނަ ވާ ބުދަ ދުވަހުގެ 1500 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. | |
| 4 - ހުށައަޅަންޖެހޭ ލިޔުންތައް: - ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް. - ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް. - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ) . - ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން. - ޕޮލިސް ރިޕޯޓް | |
| 5 - އިތުރު މަޢްލޫމާތު: 
 
 6- އެޑްރެސް ކުރައްވާނީ: ޠައްޔިބު މުޙައްމަދު، މެނޭޖިންގ ޑިރެކްޓަރ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން | |
| 
 | |
 
                    