ދިވެހިރާއްޖެ
އައިސްޕްލާންޓްހެދުމަށްބިންދޫކުރުމާއިބެހޭ
މިރަށުގެ ބަނދަރު ސަރަހައްދުން އައިސްޕްލާންޓެއް ޤާއިމްކުރުމަށް 2000.00 އަކަފޫޓްގެ ބިމެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ މިދެންނެވި ސަރަހައްދުގައި އައިސްޕްލާންޓެއް ޤާއިމްކުރުމަށް ޝައުގުވެރިވެލައްވާފަރާތްތަކުން މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ވަގުތު |
ދުވަސް |
ތާރީހް |
|
11.00 |
ބުރާސްފަތި |
07 ޖަނަވަރީ 2021 |
މަޢުލޫމާތު ސާފުކުރުން |
11.00 |
ބުރާސްފަތި |
13 ޖަނަވަރީ 2021 |
އަންދާސީ ހިސާބު ހުށަހެޅުން |
ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިއުމެއް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފު ކުރެއްވުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިގަނެވެން ނެތްވާހަކަ ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުންރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުންރަޖިސްޓަރީ ކުރެވިފައިވާފަރާތްތައްކަމުގައިދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައިކޮންމެ މީހަކަށްވެސް ތަމްސީލް ކުރެވޭނީ އެއް ވިޔަފާރީގެ ނަމުގައެވެ.
މަޢުލޫމާތު ސާފުކުރަން ވަޑައިގަންވާއިރު ތިރީގައި މިދަންނަވާ ތަކެތި ގެންނަވަންވާނެއެވެ.
- ވިޔަފާރި ރަޖިސްޓްރޭޝަން އަދި އައި.ޑީ.ކާޑު ކޮޕީ.
- ބަދަލުގައި މީހަކު ފޮނުވާނަމަ އެކަންއެގޭނެ ލިއުން.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.