ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރު ގާއިމުކުރުމާއިބެހޭ މަޢުލޫމާތު

         

                              

                            ނަންބަރު: (IUL)434-PRC/434/2020/145)

 

އިޢުލާން    

 

ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނޫ)ގެ 48 ވަނަ މާއްދާގައި ބަޔާންކުރާ ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރ ޤާއިމްކުރުމަކީ ނޭޝަނަލް ޑްރަގް އޭޖެންސީ (އެން.ޑީ.އޭ)ގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައި ވީހިނދު، އިސްވެ ދެންނެވި ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން، އެން.ޑީ.އޭ އިން ކ.ގުޅީފަޅުގައި ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރއެއް ޤާއިމުކޮށް އެ ތަނުން ޚިދުމަތް ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.

އަދި، ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރ ހިންގުމަށް ހަމަޖެހިފައި ވަނީ ކަނޑައެޅިފައިވާ އިޖުރަޢާތްތަކުގެ ދަށުން ކަމާއި ގުޅުންހުރި އެންމެހައި ފަރާތްތަކާއެކު، އެ ތަނަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކޮށް އަދި އެތަނަށް ގެންދެވޭ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުގެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުމަށްފަހުގައެވެ. 

ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރަކީ، މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑްލްކުރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުން، އެ މީހުންގެ ބަންދުގެ މުއްދަތުގައި އެ ތަނުގައި ބައިތިއްބައިގެން، އެ މީހުންނަށް ލިބެންވާ އަސާސީ ފަރުވާ ދެވެމުންދާނެ ގޮތަށް ޚާއްޞަކުރެވޭ މަރުކަޒެކެވެ.

31 ޑިސެންބަރު 2020

31 ޑިސެންބަރު 2020
ހޯދާ