ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ދަނގަޑު ފްރޭމް ހަދާފައިވާ ބެންޗުތަކުގެ މަސައްކަތް ކުރުން

     ދެންނެވިފައިވާ މަސައްކަތަށް ބޭނުންވާ އެންމެހާ ތަކެތި ސްކޫލުން ފޯރުކޮށްދިނުމުން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. 

މިމަސައްކަތަށް ކުރިމަތިލެވޭނީ  ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި،

އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

1  އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވާން އެދޭ ފަރާތްތައް 2021 ޖަނަވަރީ 03 އިން 2021 ޖެނުއަރީ 07 ގެ ނިޔަލަށް ކޮންމެ ދުވަހަކު 9:00 އިން 12:00 އަށް

މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

2  މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޖަނަވަރީ 10 ވަނަ ދުވަހުގެ  14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

3  މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 ޖަނަވަރީ 11 ވަނަ ދުވަހު ހެނދުނު 8:45  ގައި މިސްކޫލުގެ އިދާރީ އޮފީހުގައެވެ.

4 އަންދާސީ ހިސާބު ހުޅުވުން އޮންނާނީ 2021 ޖަނަވަރީ 12 ވަނަ ދުވަހުގެ ހެނދުނު 8:45 ގައި މިސްކޫލުގެ އޮފީހުގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަތީގައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

5 ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ވިލުފުށީ ސްކޫލް

ތ.ވިލުފުށި

ފޯން:  7940633, 7970633

31 ޑިސެންބަރު 2020
ހޯދާ