ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ވިލިނގިލީ ޕަބްލިކްވާރކްސް ޔުނިޓްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

       ނަންބަރު: (IUL)241-A/241/2020/30

 

އިޢުލާން

 

ވިލިނގިލީ ޕަބްލިކް ވާރކްސް ޔުނިޓްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 

                     ވިލިނގިލީ ޕަބްލިކް ވާރކްސް ޔުނިޓް ސެކިއުރިޓީ ބެލެހެއްޓުމަށް 30 ސެޕްޓެމްބަރ 2020 ވަނަ ދުވަހު ކުރެވުނު ނަމްބަރ: (IUL)241-A/241/2020/24އިޢުލާން އާއި ގުޅިގެން، ހުށަހަޅާފައިވާ އަގުތައް ބޮޑު ކަމަށް ފެންނާތީ އަދި ވިލިނގިލީ ޕަބްލިކް ވާރކްސް ޔުނިޓް އެހެން ތަނަކަށް ބަދަލު ކުރުމާއި ގުޅިގެން އެ އިޢުލާން ބާތިލުކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                     ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 03 ޖެނުއަރީ 2021 ވަނަ ދުވަހުގެ 13.00އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފްކުރުމަށްފަހު އެކަން ކޮށްދޭނެ އަގެއް ބަޔާން ކުރައްވައި 07 ޖެނުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 13:30އަށް މިއިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

 

                     މިގޮތުން  ހުށަހަޅުއްވާ ޕްރޮޕޯސަލްގައި ތިރީގައި މިދަންނަވާ  ކަންތައްތައް ފުރިހަމަ ވެފައި ހުންނަން ވާނެއެވެ.

1-     މިމަސައްކަތް ކުރުމަށް ހުށަހަޅުއްވާ ގޮތް

2-     މިމަސައްކަތަށް ހުށަހަޅުއްވާ އަގު ( މަހަކަށް )

މާރކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތް:

1-     މަސައްކަތުގެ އަގަށް %60

2-     މަސައްކަތުގެ ކުރަން ހުށަހަޅާ ގޮތަށް %40

 

ޕްރޮޕޯސަލް ހުށަހަޅުއްވާއިރު ތިރީގައިމިވާ ތަކެތި ހުށަހެޅުއްވުން އެދެމެވެ.

1-     ހުށަހަޅުއްވާ ފަރާތުގެ އައިޑީކާޑްގެ ކޮޕީ

2-     މަސައްކަތުގެ ކުރައްވާނެ ގޮތުގެ ޕްލޭން

 

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

31 ޑިސެމްބަރ 2020

31 ޑިސެންބަރު 2020
ހޯދާ