ދިވެހިރާއްޖެ
ލިޔުން ތަކުގައި އަސްލާއި އެއްގޮތް ތައްގަނޑުޖެހުން.
ޤާނޫނު ނަންބަރު:5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫން) ގެ 72 ވަނަ މާއްދާގެ ދަށުން ލިޔުންތަކުގައި އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖެހުމުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ޤަވާޢިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ މިދަންނަވާގޮތަށެވެ.
އަސްލާއެއްގޮތް ކަމުގެ ތައްގަނޑު 3 ޖެހުމުގެމަސައްކަތް ކުރެވޭނެ ފަރާތްތައް |
އެހެން ޤާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު ދިވެހި ރާއްޖޭގައި އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖެހުމުގެ މަސައްކަތް ކުރެވޭނީ ދިވެހި ރާއްޖޭގައި ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ޤާނޫނީ ވަކީލުންނަށެވެ. |
ވީމާ، މިއިދާރާއިން ލިޔުންތަކުގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް ޖަހާ ތައްގަނޑު ޖެހުން ޙަވާލާ ދެވުނު ޤާނޫނުގައިވާ ގޮތުގެމަތިން ހުއްޓާލެވިފައިވާކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.