ދަނގެތީ ސްކޫލް، އދ. ދަނގެތި
ދިވެހިރާއްޖެ
ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދިނުން

ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދިނުން 

މި ސްކޫލްގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

-މި ޕްރޮޖެކްޓްގެ ބިޑް ސިކިއުރިޓީގެ ގޮތުގައި -/5000ރ (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑް ސިކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.

ބީލަމުގައި ބައިވެރިވުމަށް އެދި ނަން ނޯޓުކުރުން

މަޢުލޫމާތުދިނުން

އަންދާސީ ހިސާބު ހުށަހެޅުން

04 ޖެނުއަރީ 2021 (ހޯމަ)

ގަޑި: 10:00 އާއި ހަމައަށް (ރަސްމީގަޑި ތަކުގައި)

ނަން ނޯޓު ކުރާނެ ގޮތް: ފޯނުން ގުޅައިގެން ނުވަތަ ސްކޫލްގެ ހޮފީހަށް ހާޒިރުވެ

04 ޖެނުއަރީ 2021 (ހޯމަ)

ގަޑި: 10:00

07 ޖެނުއަރީ 2021 (ބުރާސްފަތި)

ގަޑި: 10:00

-ބީލަން ހުޅުވުން އޮންނާނީ 2021 ޖަނަވަރީ 7 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މި ސްކޫލްގައެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6680803  މިނަމްބަރ އަށް ގުޅުއްވައިގެން ނުވަތަ މިސްކޫލްގެ އީ.މެއިލް އެޑްރެހަށް ([email protected]) މެއިލް ކުރެއްވުން އެދެމެވެ.  މި ބީލަމާއި ގުޅޭ ބީލަން ފޮތް އަދި ހުށަހަޅަން ޖެހޭ ލިޔުންތައް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.މި ބީލަމުގައި ބައިވެރިވާން އެދި މިސްކޫލްގައި ނަންނޯޓް ކުރާ ހުރިހާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ  ފުރުސަތުދެވޭނެ ވާހަކަ ދަންނަވަމެވެ.

15 ޖުމާދަލްއޫލާ 1442

30 ޑިސެމްބަރ 2020

30 ޑިސެންބަރު 2020
ހޯދާ