ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަންކިއުމާއި ބެހޭ (G2341 ނަންބަރު ކާރު)

މިކައުންސިލްގެ ރަޖިސްޓްރީ ނަމްބަރG-2341   (NISSAN)ކާރު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަން ފެށޭއަގަކީ -/5000ރ (ފަސް ހާސް ރުފިޔާ)އެވެ. ހުށަހަޅާ އަގަށް އިތުރު ކުރެވޭ އެންމެ ކުޑައަގަކީ -/500ރ (ފައްސަތޭކަ ރުފިޔާ)އެވެ. ނީލަމުގައި ބައިވެރިވެލައްވާ ފަރާތްތަކުން ކޮންމެ ދުވަހެއްގެ 12:30 ކުރިން ކާރު ގަތުމަށް ބޭނުންވާ އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހަށަހަޅުއްވަންވާނީ NL04 ފޯމް ފުރިހަމަކޮށް ފޯމް ސިޓީ އުރައެއްގައި ބަންދު ކޮށްގެންނެވެ. ނީލަން ހުށަހަޅާފޯމް މި އިދާރާގެ ކައުންޓަރުންނާއި،މި އިދާރާގެ ވެބުސައިޓު www.laamu.gov.mv  އިން ލިބޭނެއެވެ.

ކޮންމެ ދުވަހަކު 12:30 އާ ހަމައަށް ހުށަހަޅާއެންމެ މަތީ އަގު އެދުވަހެއްގެ 14:00ގައި މިއިދާރާގެ ނޯޓިސް ބޯޑާއި ފޭސްބުކު ޕޭޖުގައި ޢާއްމު ކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާއަގު ޖެހިޖެހިގެން ރަސްމީ 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގަކަށް ނީލަން ނިންމާ ލެވޭނެއެވެ.

ކާރާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކައުންސިލްގެ ނަމްބަރ 6800713 އާއި ގުޅުއްވުން އެދެމެވެ.

ނީލަމުން ނަންގަވާ ވެހިކަލް ދޫކުރާނީ މިކައުންސިލަށް ފައިސާ ދެއްކެވުމަށް ފަހުގައެވެ. ނީލަން ނިމޭތާ ރަސްމީ 7 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ ނީލަން ބާޠިލް ކުރެވޭނެވެ.

 

ކާރާއިބެހޭ އިތުރު މަޢުލޫމާތު

ރަޖިސްޓްރީ ނަމްބަރ: G-2341

ރަޖިސްޓްރީ ކުރި ތާރީޚް: 06-11-2003

ހަކަތައިގެ ވާވަތް :  ޕެޓްރޯލް

ޖާގައިގެ ޢަދަދު: 04

ވީމާ، މިކަން ޢައްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

13 ރަބީއުލްޢޫލާ 1442

28 ޑިސެންބަރު 2020
ހޯދާ