ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މީޓިންގ ރޫމަށް ބޭނުންވާ ބައެއް އިކުއިޕްމަންޓްސް ސަޕްލައިކޮށް ، އިންސްޓަލޭޝަން މަސައްކަތް ކޮށްދޭނެހޯދުމަށް ކުރި އިއުލާނުގެ ބިޑް ހުށައެޅުމުގެ ތާރީޙް ބަދަލުކުރުމާއި ގުޅޭ
ނަންބަރު:(IUL) 101-AS/1/2020/241
އިޢުލާން
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މީޓިންގ ރޫމަށް ބޭނުންވާ ބައެއް އިކުއިޕްމަންޓްސް ސަޕްލައިކޮށް ، އިންސްޓަލޭޝަން މަސައްކަތް ކޮށްދޭނެ ހޯދުމަށްކުރި އިއުލާނު ނަންބަރ (IUL) 101-AS/1/2020/234ގައި ބިޑް ހުށައެޅުމުގެ ތާރީޙް 10 ޖަނަވަރީ 2021 ވާ އާދީއްތަ ދުވަހުގެ 12:00 އަށް ބަދަލުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ. ބިޑް ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ބޮޑުތަކުރުފާނުމަގުގައި ހުންނަ އިމާރާތް) އަށް ށެވެ.
ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.
29 ޑިސެމްބަރ 2020