މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެނބަދޫ ބަނދަރު ސަރަހައްދުގައި ހެދުމަށް ހަމަޖެހިފައިވާ ބެންޗުތަކާއި ޖެޓީ ހެދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާނެ ފާރާތްތަކުގެ ދަފުތަރެއް އެކުލަވާލުމަށް ރަޖިސްޓްރީ ވުމަށް ހުޅުވާލި މުއްދަތު އިތުރު ކުރުމާއިގުޅޭ

 

 

                                   ނަންބަރު: IUL)285-B/285/2020/63)

އިޢުލާން

ހެނބަދޫ ބަނދަރު ސަރަހައްދުގައި ހެދުމަށް ހަމަޖެހިފައިވާ ބެންޗުތަކާއި ޖެޓީ ހެދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާނެ ފާރާތްތަކުގެ ދަފުތަރެއް އެކުލަވާލުމަށް ރަޖިސްޓްރީ ވުމަށް ހުޅުވާލި މުއްދަތު އިތުރު ކުރުމާއިގުޅޭ

ހެނބަދޫ ކައުންސިލްގެ އިއުލާން ނަންބަރ IUL)285-A/285/2020/59) އާއިގުޅިގެން ބަނދަރު ސަރަޙައްދު ޒީނަތްތެރިކުރުމުގެ ގޮތުން ހެދުމަށް ހަމަޖެހިފައިވާ ބެންޗުތަކާއި، ބަނދަރުގައި ކުދި ޑިންގީތަކަށް ޚާއްސަ ޖެޓީގެ މަސައްކަތްކުރުމަށްޓަކައި ދުވަހު މުސާރައަށް މީހުން ނަގައިގެން ކުރުމަށް ހަމަޖެހިފައިވާތީ، މި މަސައްކަތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު 31 ޑިސެންބަރ 2020 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

         ވީމާ، މި މަސައްކަތް ކުރުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 31 ޑިސެންބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މި ކައުންސިލަށް ގުޅައި ނުވަތަ މިކައުންސިލަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ. މި މަސައްކަތް ކުރާފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ އުޖޫރައާއިގުޅޭ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

  • މަސައްކަތް ކުރާކޮންމެ ދުވަހަކަށް: 450 ރުފިޔާ (އުޖޫރަ ހިމެނިފައިވަނީ މަސައްކަތް ކުރާދުވަހުގެ ސައި، އިންޓަވަލްގަޑި ހިމެނިގެންނެވެ.)
  • މަސައްކަތް ކުރަންޖެހޭ ވަގުތު: ހެނދުނު 7:00 ން ހަވީރު 5:00އަށް.

            މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ޖުމާދިލްއައްވަލް 1442

29 ޑިސެންބަރ 2020

                                   

                                             ހުސައިން އަބޫބަކުރު

                                      ހެނބަދޫ ކައުންސިލްގެ ނައިބް ރައީސް

 

29 ޑިސެންބަރު 2020
ހޯދާ