މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މިފްކޯއަށް ބޭނުންވާ ޤާނޫނީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

134-AD/I/2020/24 ނަންބަރު

 

އިޢުލާން

 

މިފްކޯއަށް ބޭނުންވާ ޤާނޫނީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މިފްކޯއަށް ބޭނުންވާ، ޤާނޫނީ ލަފާދިނުމާއި، މިފްކޯގެ މަސައްކަތްތަކާއި ގުޅިގެން، ހަދަންޖެހޭ ޤަވާޢިދުތަކާއި އެގްރީމެންޓްތައް ހެދުމާއި، އަދި މިފްކޯއިން ޝަރީޢަތަށް ފޮނުވަންޖެހޭ މައްސަލަތަކާއި، މިފްކޯގެ މައްޗަށް ކުރެވޭ ދަޢުވާތަކުގައި ޝަރުޢީ ކޯޓުތަކާއި ޓްރައިބިއުނަލް ތަކަށްގޮސް މިފްކޯގެ ފަރާތުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އަދި މިނޫންވެސް، ޤާނޫނީގޮތުން މިފްކޯއިން ކުރަންޖެހޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2020 ޑިސެމްބަރ 31 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 12:00ގެ ކުރިން [email protected] އީ- މެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރާ ފަރާތްތަކަށް، މަސައްކަތުގެ މަޢުލޫމާތު ކަރުދާސް 2020 ޑިސެމްބަރ 31 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 16:00ކުރިން އީމެއިލް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިކަން ފާޅުކޮށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން 2021 ޖެނުއަރީ  05 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:30 އަށް މިފްކޯގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައެވެ. އަންދާސީ ހިސާބު ހުށަހަޅާނީ، ތިރީގައިވާ އެޑްރެހަށެވެ.

               މޯލްޑިވްސްއިންޑަސްޓްރިއަލްފިޝަރީޒްކޮމްޕެނީލިމިޓެޑް (މިފްކޯ)

              389 ނަންބަރު ކޮށި / މާފަންނު

              ހިލާލީ މަގު / މާލެ

އިތުރުމަޢުލޫމާތުހޯއްދެވުމަށްގުޅުއްވާނީ:

ފޯނު:   3323932

ފެކްސްް:  3323955

އީމެއިލް: [email protected]

            

                  28 ޑިސެމްބަރ 2020

134-AD/I/2020/24

28 ޑިސެންބަރު 2020
ހޯދާ