މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ފެރީ ދޯންޏެއް ގަތުމާއިބެހޭ

 

                                   134-AD/I/2020/23 :ނަންބަރު                                                                                        

 

އިޢުލާން

ފެރީ ދޯންޏެއް ގަތުމާއި ބެހޭ

މިކުންފުނިން ހިންގާ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް / ޅ. ފެލިވަރުގައި ދުއްވުމަށް ފެރީދޯންޏެއް ގަތުމަށް ބޭނުން ވެގެން ކުރި މި ކުންފުނީގެ ނަންބަރ 134-AD/I/2020/21 އިޢުލާންގެ ދަށުން އަންދާސީ ހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށް ވާތީ، އެ އިޢުލާން ބާޠިލްކޮށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން،  2020 ޑިސެމްބަރ 30  ވާ ބުދަ ދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected] އީ- މެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރާފަރާތްތަކަށް، މަސައްކަތުގެ މަޢުލޫމާތު ކަރުދާސް 2020 ޑިސެމްބަރ 30 ވާ ބުދަ ދުވަހުގެ ހަވީރު 16:00ކުރިން އީމެއިލް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ. ބިޑް ހުށަހެޅުމުގެ ސުންގަޑިއަކީ 2021 ޖެނުއަރީ 04 ވާ ހޯމަ ދުވަހުގެ 14:30އެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތަކުން މިފްކޯ (ހިލާލީމަގު/ މާފަންނު)އަށް ވަޑައިގެން ފެރީދޯނި ވިއްކާ އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހެޅޭނީ، ރަޖިސްޓްރީ ކުރުމަށްދީފައިވާ މުއްދަތުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

 

                          27 ޑިސެމްބަރ 2020

 

 

27 ޑިސެންބަރު 2020
ހޯދާ