އައްޑުއަތޮޅު މަރަދޫފޭދޫ ސްކޫލް
ދިވެހިރާއްޖެ
ނާސްތާ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ނާސްތާ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް  

    ނަންބަރު: GS61/IUL/2020/06

 

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 މި ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 28ޑިސެމްބަރ 2020 އިން 03 ޖެނުއަރީ 2021  އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 12:30 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރެއްވުމަށް ހުށަހަޅުއްވަވާއިރު ތިރީގައިވާ މަޢުލޫމާތުތައް ހިމެނުއްވުމަށް ދަންނަވަމެވެ.

- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.

- ރަޖިސްޓްރީ ނަންބަރު.

- އީމެއިލް އެޑްރެސް.

- ގުޅޭނެ މޯބައިލް ނަންބަރު.

 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 03 ޖެނުއަރީ 2021ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 މި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 04 ޖެނުއަރީ 2021ވާ ހޯމަ ދުވަހުގެ 10:00 ގައި މަރަދޫފޭދޫ ސްކޫލްގައެވެ.

މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި -/5000 (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.

މި ޕްރޮޖެކްޓާގުޅޭ ބީލަންފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

   އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

މަރަދޫފޭދޫ ސްކޫލް

ސ.މަރަދޫފޭދޫ

ފޯން: 6891531

އީމެއިލް: [email protected]

28 ޑިސެންބަރު 2020
ހޯދާ