ދިވެހިރާއްޖެ
ނަންބަރު:PR)203-ECA/1/2020/9)
ނޫސްބަޔާން
ރޯޔަލް އައިލެންޑް ރިޒޯޓު އެންޑް ސްޕާގެ ފަރާތުން ބ.ދިގުފަރުން ޤަވާއިދާއި ޚިލާފަށް ގިނަ އަދަދެއްގެ ވެލި ނެގުމާއި ގުޅިގެން ޖޫރިމަނާކުރުމާއި ގުޅޭ
ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގަމުން އަންނަ ރޯޔަލް އައިލެންޑް ރިޒޯޓު އެންޑް ސްޕާގެ ފަރާތުން ބ.ދިގުފަރުން ޤަވާއިދާއި ޚިލާފަށް ގިނައަދަދެއްގެ ވެލިނެގުމާއި އަދި މަސައްކަތް ހުއްޓުމަށް އެންގުމުންވެސް މަސައްކަތް ކުރިއަށް ގެންގޮށްފައިވާތީ، ދިވެހިރާއްޖޭގެ ތިމާވެށިރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު:4/93) ގެ ދަށުން ހެދިފައިވާ ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012 (ގަވާއިދު ނަންބަރ (2012/R-27ގެ 20 ވަނަ މާއްދާގެ (ހ) ގެ 8 ވަނަ ނަންބަރަށް (ޤަވާއިދާއި އެއްގޮތަށް ފުރިހަމަކުރަންޖެހޭ އިދާރީ ކަންކަން ފުރިހަމަ ނުކުރުން) އަދި ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު (ގަވާއިދު ނަންބަރު: 2011/R-9) އަށް ރިޢާޔަތްކޮށް ޖުމްލަ 83,750 (އައްޑިހަ ތިން ހާސް ހަތް ސަތޭކަ ފަންސާސް) ދިވެހިރުފިޔާއިން ވިލާ ޝިޕިންގ އެންޑް ޓެރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވަނީ 28 ޑިސެމްބަރު 2020ގައި ޖޫރިމަނާކުރެވިފައެވެ. އަދި މިޖޫރިމަނާ ފައިސާ މިއެޖެންސީއަށް 30 (ތިރީސް) ދުވަހުގެ މުއްދަތުގެ ތެރޭގައި ދެއްކުމަށް އެކުންފުންޏަށްވަނީ އެންގިފައެވެ.
............................................
13 ޖުމާދުލްއައްވަލް 1442
28 ޑިސެމްބަރު 2020