ކެޔޮދޫ ސްކޫލް
ދިވެހިރާއްޖެ
ސްކޫލް ދަރިވަރުންގެ ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް

ކެޔޮދޫ ސްކޫލް

ވ. ކެޔޮދޫ / ދިވެހިރާއްޖެ                                 

 ސްކޫލް ދަރިވަރުންގެ ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބިސް، ދޮންކެޔޮ އަދި ކިރުޕެކެޓް ދިނުމުން -/4.50ރ ގެ ރޭޓުން މި ސްކޫލްގެ ހެނދުނު ދަންފަޅީގެ 172 ދަރިވަރުންނަށް ހެނދުނުގެ ނާސްތާދިނުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 ޑިސެމްބަރ 28 ން 2020 ޑިސެމްބަރ 30 ށް ބަންދުނޫން ދުވަސްތަކުގެ 8:30 އިން 13:00 އަށް މި ސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 30 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހު 10:00 ކެޔޮދޫ ސްކޫލް ގައެވެ.

ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2021 ޖެނުއަރީ 04 ވަނަ ދުވަހުގެ 10:00 ގައި ކެޔޮދޫ ސްކޫލްގައެވެ.

މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 ކެޔޮދޫ ސްކޫލް

 ވ. ކެޔޮދޫ، ދިވެހިރާއްޖެ.

 ފޯން:  6700804 ، 7476523

އީ-މެއިލް: [email protected]

 

28 ޑިސެންބަރު 2020
ހޯދާ