މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
މި އޮތޯރިޓީ ގެ އެކިއެކި ޚިދުމަތްތަކަށް ދައްކަންޖެހޭ ފީ ދެއްކުމާ ގުޅޭ

މި އޮތޯރިޓީ އިން ކުރިޔަށް ގެންދާ "އިންސްޓިޓިއުޝަނަލް އޮޑިޓް"  ޚިދުމަތަށް މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ދައްކަމުން އަންނަ ފީ ފިޔަވާ، މި އޮތޯރިޓީގެ އެކި އެކި ޚިދުމަތްތަކަށް ދައްކަންޖެހޭ ފީ 1 ޖެނުއަރީ 2021 އިން ފެށިގެން ބަލައިގަންނަމުން އަންނާނީ މިނިސްޓްރީ އޮފް ފިނޭންސްގެ "ބަނޑޭރި ޕޭ" ޕޯޓަލް މެދުވެރިކޮށް ކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ވީމާ، މި އޮތޯރިޓީން ޕްރޮސެސްކޮށް ނިމިފައިވާ ޚިދުމަތްތަކަށް ދައްކަންޖެހޭ ފީ ގެ ނޮޓިފިކޭޝަން މެސެޖް ލިބުމުން، ތިރީގައިވާ ބަނޑޭރި ޕޭ ޕޯޓަލްގެ ކަސްޓަމަރސް ލިންކް /https://bandeyripay.finance.gov.mv މެދުވެރިކޮށް ފައިސާ ދެއްކެވުން ލިބޭ ރިސިޕްޓް [email protected]  އަށް މެއިލް ކުރެއްވުމަށްފަހު، ޖަވާބު ބަލައި މި އޮތޯރިޓީއަށް ދުރުވުން އެދެމެވެ.

27 ޑިސެމްބަރ 2020

27 ޑިސެންބަރު 2020
ހޯދާ