މަރަދޫ ސްކޫލް
ދިވެހިރާއްޖެ
ނާސްތާ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާނު

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 މި ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 ޑިސެމްބަރ 27 އިން 2020 ޑިސެމްބަރ 31 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 12:30 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.

- ރަޖިސްޓްރީ ނަންބަރު.

- އީމެއިލް އެޑްރެސް.

- ގުޅޭނެ މޯބައިލް ނަންބަރު.

 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ޑިސެމްބަރ 31 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 ޖެނުއަރީ 01 ވާ އާދިއްތަ ދުވަހުގެ 10:00 ގައި މިސްކޫލްގައެވެ.

 ބީލަން ހުޅުވުން އޮންނާނީ 2021 ޖެނުއަރީ 05 ވާ އަންގާރަ ދުވަހުގެ 10:00 ގައި މިސްކޫލްގައެވެ.

 މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި -/5000 (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.

 މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މަރަދޫ ސްކޫލް

ސ.މަރަދޫ

ފޯން: .6890941

އީ-މެއިލް: [email protected]

27 ޑިސެންބަރު 2020
ހޯދާ