މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ކަށިކެޔޮ ގަސްތައް ކުއްޔަށް ދޫކުރުން 2

ރައްޔިތުންގެ ކަށިކެޔޮގަސްތައް ކުއްޔަށް ދޫކުރުމަށްޓަކައި މިއިދާރާއިން ކުރި ނަމްބަރ (IUL)311/311/2020/85 (15 ޑިސެމްބަރ 2020) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލެމެވެ. މިގަސްތައް ކުއްޔަށްދޫކުރުމަށް ހަމަޖެހިފައިވަނީ 01 ޖެނުއަރީ 2021 ން 31 ޑިސެމްބަރ 2021 ގެ ނިޔަލަށް ތިރީގައިމިވާ ކަންކަމަށްބަލާ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ހޯދާ ފަރާތަކާއި މިއިދާރާއާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

ވީމާ، ރައްޔިތުންގެ ކަށިކެޔޮގަސްތައް 1 އަހަރުގެ މުއްދަތަށް ކުއްޔަށް ހިފަން އެދޭ ފަރާތްތަކުން 29 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެ މެންދުރު 01:30 އަށް ކައުންސިލް އިދާރާއަށް ދުރުވެ ސިޓީއަކުން އަގު ހުށަހެޅުއްވުން އެދެމެވެ. އަދި އެހެން ފަރާތެއްގެ ބަދަލުގައި ޙާޟިރުވާނަމަ އެކަން އެނގޭނެ ލިޔުމެއް ގެންނަން ވާނެއެވެ. ސިޓީއުރައިގެ ބޭރުގައި "ކަށިކެޔޮގަސްތައް ކުއްޔަށް ހިފުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އެންމެފަހުން ކަށިކެޔޮގަސްތައް ކުއްޔަށް ދޫކުރެވިފައިވާ ކުއްޔަކީ 1 އަހަރުގެ މުއްދަތަށް -/1000 (އެއްހާސް ރުފިޔާ) އެވެ.

މިކަމަށް އެދި ހުށަހަޅާ ސިޓީގައި ތިރީގައިވާ ކަންކަން ހިމަނަންވާނެއެވެ.
1. ކަށިކެޔޮގަސްތައް ޙަވާލުވުމަށް ހުށަހަޅާކުލި:
2. ކަށިކެޔޮގަސް ދިރުވާ އާލާކުރުމަށް ކުރާނެ މަސައްކަތުގެ ތަފްޞީލް:
3. ކަށިކެޔޮގަސްތަކުން ލިބޭ ތަކެތި ބޭނުންކުރުމުގައި ރަށުގެ ރައްޔިތުންނަށް އިސްކަންދޭނެ މިންވަރާއި ކުރާނެ ފައިދާ:
ހުށަހަޅާހުށަހެޅުންތަކަށް މާކުސްދެވޭނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.

• ކުއްޔަށް: %60
• ކަށިކެޔޮގަސްތައް ދިރުވާ އާލާކުރުމަށް ހުށަހަޅާ ހުށަހެޅުން: %25
• ކަށިކެޔޮގަހުން ލިބޭތަކެތި ބޭނުންކުރުމުގައި ރައްޔިތުންނަށް އިސްކަންދޭ މިންވަރަށް:

27 ޑިސެންބަރު 2020
ހޯދާ