ދިވެހިރާއްޖެ
2021 ވަނަ އަހަރަށް މިމަދަރުސާގެ ދަރިވަރުންނަށް އެކްޓިވިޓީ ޔުނީފޯރމްތައްޔާރުކޮށް ވިއްކައިދޭނެ ފަރާތެއް ހޯދުމަށް
މި މަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
ވުމާއެކު، މި މަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން، މި ސްކޫލްއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވެލައްވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ،ވެރިފަރާތުގެ ސިޓީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ.
1- ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 24 ޑިސެމްބަރ 2020 އިން 29 ޑިސެމްބަރ 2020 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 13.00އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ނަންނޯޓް ކުރެއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ތިރީގައި ދެންނެވިފައިވާ އެޑްރެހަށް ކުންފުނި / ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ ، ފޯނު ނަންބަރ، އީމެއިލް އެޑްރެސް،މަޢުލޫމާތު ސާފްކުރާ ފަރާތުގެ ނަން އީ މެއިލް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
2- މި ޕޮރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2020 ޑިސެމްބަރ 29 ވާ އަންގާރަ ދުވަހުގެ 12.00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
3- މިޕްރޮޖެކްޓާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2020 ޑިސެމްބަރ 30 ވާ ބުދަ ދުވަހުގެ ދުވަހުގެ 10.00 ގައި ދ.އަތޮޅު މަދަރުސާގައި އޮންނާނެއެވެ.
4- އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2021 ޖަނަވަރީ 04 ވާ ހޯމަ ދުވަހުގެ 11:00 ގައި ދ. އަތޮޅުމަދަރުސާގެ އޮފީހުގައެވެ.
5- މި ޕޮރޮޖެކްޓާގުޅޭ ބީލަން ފޮތް އިޢުލާނާއެކު އެޓޭޗުކުރެވިފައި ވާނެވާހަކަ ދެންނެވީމެވެ.
6- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިލައްވާނެއެވެ.
ދ.އަތޮޅު މަދަރުސާ
ފޯނު ނަންބަރ: 7952915
އީމެއިލް: [email protected]