ދިވެހިރާއްޖެ
އިޢުލާން
ޅައިމަގު ސުކޫލްގެ ހެނދުނު ދަންފަޅީގެ ދަރިވަރުންނަށް، ނާސްތާ ފޯރު ކޮށްދޭނޭ ފަރާތެއް ހޯދުން |
މި ސުކޫލްގެ ހެނދުނު ދަންފަޅީގެ ދަރިވަރުންނަށް، ހެނދުނުގެ ނާސްތާ ފޯރުކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން (2020 ޑިސެމްބަރ 28ވަނަ ދުވަހުގެ) 13:00ގެ ކުރިން ނަންނޯޓް ކުރެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށާއި ނަން ނޯޓް ކުރުމަށް ގުޅުއްވާނީ 6540578 ނަމްބަރާއެވެ.
މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހެޅުން |
ޅައިމަގު ސްކޫލް އޮފީސް |
މަޢުލޫމާތު ސާފުކުރެއްވުން. |
29 ޑިސެމްބަރު 2020 ވާ އަންގާރަ ދުވަހުގެ 13:00 ގައި |
އަންދާސީހިސާބު ހުށަހެޅުމާއި، އަންދާސީހިސާބު ކެނޑުން. |
03 ޖެނުއަރީ 2021 ވާ އާދިއްތަ ދުވަހުގެ 13:00 ގައި |
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.