މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިއިދާރާގެ ނަންބަރ (IUL)310-MS/310/2020/53 އާއި ގުޅިގެން ހުށަހެޅި ބީލަންގެ އަގުތައް މާ ބޮޑުކަމަށް ފެންނާތީ އެބީލަންތައް ބާޠިލްކޮށް އަލުން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާމެވެ.

މަޝްރޫޢު

ރ. މީދޫ ކުޑަކުދިންގެ ޕާރކް ތަރައްޤީކުރުން

  • ބީލަމަށް ހުޅުވާލެވޭ މަސައްކަތް:

ރ. މީދޫގައި ތަރައްޤީކުރާ ކުޑަކުދިންގެ ޕާރކްގެ ވަށާފާރު ރޭނުން (ފައުންޑޭޝަން އަޅާ، 3 ފޓ އުސް ހަމަމިނަށް ވަށާފާރު ރޭނުމާއިއެކު ސައިޓް ނޮޅާ ސާފުކުރުން.

  • މަޢުލޫމާތު ދިނުމުގެ ބައްދަލުވުން:

މަސައްކަތް ކުރުމާއިގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން (ޕްރީ ބިޑް މީޓިންގ) އޮންނާނީ 28 ޑިސެމްބަރ 2020 ވާ ހޯމަ ދުވަހުގެ 13.30 ގައި ރ. މީދޫ ކައުންސިލް އިދާރާގައެވެ.

  • ބީލަން ހުށަހެޅުމާއި ބަލައިގަތުން:
  • ބީލަން ހުށަހެޅުމާއި، ހުށަހަޅާ ބީލަން ބަލައިގަނެ، ބީލަން ކެނޑުމުގެ ބައްދަލުވުން އޮންނާނީ 29 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 13.30 ގައި ރ. މީދޫ ކައުންސިލްގެ އިދާރާގައެވެ.
  • ބީލަން ބަލައިގަނެވޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ވިޔަފާރި ރަޖިސްޓްރީއެއް އޮންނަ ފަރާތްތަކުގެ ލިޔެލިޔުން ހަމަކޮށް ހުށަހެޅޭ ބީލަންތަކެވެ.
  • މަސައްކަތަށް ބޭނުންވާ ސާމާނާއި ތަކެތި ހޯދުން:
  • މިއީ މަސައްކަތްކުރާ ފަރާތުގެ އަމިއްލަ ތަކެތީގައި އަމިއްލަ ސާމާނުގައި ކުރާގޮތަށް ދޫކޮށްލެވޭ މަސައްކަތެކެވެ.
  • އަމިއްލަ ތަކެތީގައި މަސައްކަތް ފެށުމަށް، މަސައްކަތުގެ އަގު15%   ދެވޭނެއެވެ.
  • ބީލަމަށް ޕޮއިންޓް ދެވޭ މިންގަނޑުތައް:
  • ހުށަހަޅާ އަގު: (އެންމެ ދަށް އަގަށް) 90%
  • ނިންމާ މުއްދަތު: 10%
 
   
   

       ވީމާ ރ. މީދޫގައި ތަރައްޤީކުރެވޭ ކުޑަކުދިންގެ ޕާރކްގެ ވަށާފާރު ރޭނުމުގެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް، މިބީލަމުގައި ބައިވެރިވުމަށް ދަޢުވަތު އަރުވަމެވެ.

20 ޑިސެންބަރު 2020
ހޯދާ