ގދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސްކޫލްގެ ހެނދުނު ދަންފަޅީގެ ދަރިވަރުންނަށް ނާސްތާ ފޯރުކޮށް ދޭނެފަރާތެއް ހޯދުމަށް

 

                                                                                                

 

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. މި ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  1. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 ޑިސެމްބަރ 27 އިން 2020 ޑިސެމްބަރ 30 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00އަށް މިސްކޫލަށް ވަޑައިގެން ނޫނީ މެސެޖު ފޮނުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ޑިސެމްބަރ 31 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 ޖެނުއަރީ 03 ވާ އާދިއްތަ ދުވަހުގެ 10:10 ގައި މިސްކޫލްގައެވެ.

 

  1. ބީލަން ހުޅުވުން އޮންނާނީ 2021 ޖެނުއަރީ 07 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިސްކޫލްގައެވެ.

 

  1. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިޕްރޮގްރާމުގައި ބައިވެރުވުމަށް ނަންނޯޓް ކުރައްވާ ފަރާތްތަކަށް މިމަދަރުސާގެ އިދާރާއިން އީމެއިލް އިން ފޮނުވައިދޭނެއެވެ. 
  2. އިތުރު މަޢުލޫމާތު ރަސްމީ ގަޑިތަކުގައި ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ގދ.އަތޮޅު މަދަރުސާ

ގައްދޫ ، ދިވެހިރާއްޖެ.

ފޯން:  7983083

އީމެއިލް: [email protected]

 

24 ޑިސެންބަރު 2020
ހޯދާ