އދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1 ކޮޓަރީގެ އެޕާރޓްމަންޓް އެއް ކުއްޔަށް ހިފުން
1 ކޮޓަރީގެ އެޕާރޓްމަންޓެއް ކުއްޔަށް ހިފުމާއި ގުޅޭ
މިމަރުކަޒުގެ ޓީޗަރެއް ބެހެއްޓުމަށްޓަކައި 1 ކޮޓަރީގެ އެޕާރޓްމަންޓެއް 2021 ޖެނުއަރީ 01 އިން 2021 ޑިސެންބަރު 31 އަށް ކުއްޔަށް ހިފުމަށް، 29 ނޮވެންބަރު 2020 ގައި ކުރި ނަމްބަރު: IUL)GS-10/INDIV/2020/13) ޢިއުލާނާއި ގުޅިގެން ބީލަމެއް ހުށައަޅާފައި ނުވާތީ، ބީލަން ހުށަހެޅުމުގެ ފުރުސަތު ދެ ވަނަ ފަހަރަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 27 ޑިސެންބަރު 2020 އިން 29 ޑިސެންބަރު 2020 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ ފޯނުން ގުޅައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
- މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 29 ޑިސެންބަރު 2020 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން ތިރީގައިވާ އީ-މެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 30 ޑިސެންބަރު 2020ވާ ބުދަދުވަހުގެ 12:00 އަށް މި މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
- ބިޑް ހުޅުވުން އޮންނާނީ 31 ޑިސެންބަރު 2020 ވާ ބުރާސްފަތިދުވަހުގެ 10:00 ގައި އދ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް އެޓޭޗް ކުރެވިފައިވާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- · އދ.އަތޮޅު ތަޢުލީމީ މަރުކަޒު
- ފޯން: 6680024
- އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
24 ޑިސެންބަރު 2020
ހޯދާ