ހެނބަދޫ ސްކޫލް
ދިވެހިރާއްޖެ
2021 ވަނަ އަހަރަށް ސްކޫލުގައި ކުރަންހުރި ބައެއް މަރާމާތު ކުރުން

މިސްކޫލުގެ ނަންބަރު GS111/IUL/2020/07 އިއުލާނާއި ގުޅިގެން ބީލަމުގައި ބައިވެރިވާން  އެއްވެސް ފަރާތަކުން ނަންނޯޓުކޮށްފައި ނުވާތީ މިސްކޫލުގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް  އަލުން އިއުލާން ކުރަމެވެ. ވީމާ މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

  1. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 27 ޑިސެމްބަރު 2020 އިން 28 ޑިސެމްބަރު 2020 އަށް ކޮންމެ ދުވަހަކު 8:30 އާ 11:30އާ ދެމެދު ސުކޫލަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ.
  2. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ޑިސެމްބަރު 29 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 ޑިސެމްބަރު 30 ވަނަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވެރިފަރާތުގެ ބަދަލުގައި ދުރުވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީ އާއި އައި.ޑީ. ކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ.
  4. ބީލަން ހުޅުވުން އޮންނާނީ 2021 ޖަނަވަރީ 04 ވަނަ ދުވަހުގެ 10:00 ގައި މިސްކޫލްގައެވެ.
  5. މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560571 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

         މި ޚިދުމަތް ދިނުމަށް އެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި، ޤާނޫނު ނަމްބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ކަނޑައެޅިފައިވާ މުއްދަތުގައި ނަން ނޯޓް ނުކުރައްވާ ފަރާތްތަކަށާއި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަނޭޅޭނެ ކަމުގައި ދަންނަވަމެވެ.

24 ޑިސެންބަރު 2020
ހޯދާ