ދިވެހިރާއްޖެ
މި ސްކޫލްގެ އޮފީސް އިމާރާތުގައި ގުދަންބައި ވަކިކުރުމަށް ރާނާފައިވާ ފާރު ތަޅާ ނެގުމަށްފަހު ބެރިއެއް ދުއްވައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު 18/2014 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަފަރުދުންގެ ވިޔަފާރީގެ ޤާނޫނު 19/2014 ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 23 ޑިސެމްބަރ 2020 އިން 28 ޑިސެމްބަރ 2020 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 27 ޑިސެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ސްކޫލް އޮފީހަށްދުރުވެ ހިއްސާކުރެއްވުން އެދެމެވެ. ނުވަތަ ތިރީގައިވާ އެޑްރެހަށް މެއިލްކުރެއްވުން އެދެމެވެ. މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުން 2020ޑިސެމްބަރު 28 ވާ ހޯމަ ދުވަހުގެ 11:00 ގައި ސްކޫލް އޮފީހުގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެއެވެ.ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2020 ޑިސެމްބަރު 31 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި ސްކޫލްގެ އޮފީހުގައެވެ. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި ސްކޫލްގެ އޮފީހުން ލިބެން ހުންނާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކުރިނބީ ސްކޫލް
އަމީނީމަގު / ހދ. ކުރިނބި، ދިވެހިރާއްޖެ.
ފޯން: 6520532
އީ-މެއިލް: [email protected] of Form