ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ނަންބަރު: GS-171/IUL/2020/17
މިސްކޫލްގެ ޕީޓީއޭ ގެ ފަރާތުން 2 ކުލާސް ރޫމް ގެ ދޮރުތައް ޖަހައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު GS171/IUL/2020/11 އިޢުލާނާއި ގުޅިގެން ހުށައެޅިފައިވާ ބީލަންތައް އަގު ބޮޑުކަމަށް ފެންނާތީއާއި އަދި ހުށައެޅިފައިވާ ބީލަންތަކުގެ ބައެއް ލިޔުންތައް މަދުކަމަށް ފެންނާތީވެ، އެ އިޢުލާން ބާތިލްކޮށް، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް އަލުން ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
މިބީލަންމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 23 ޑިސެމްބަރ 2020 ން 28 ޑިސެމްބަރ 2020 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 13:00 އަށް މިސްކޫލުގެ އިދާރާ އަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ތިރީގައި ދެންނެވިފައިވާ އެޑްރެސްއަށް ކުންފުނި/ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ، ފޯން ނަންބަރ، ގުޅޭނެ ފަރާތެއްގެ މަޢުލޫމާތު، 28 ޑިސެމްބަރ 2020 ވާ ހޯމަދުވަހުގެ 13:00 ކުރިން އީމެއިލް ކުރެއްވުން އެދެމެވެ.
ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ނަންނޯޓު ކުރާ ފަރާތްތަކަށެވެ.
މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 28 ޑިސެމްބަރ 2020 ވާ ހޯމަދުވަހުގެ 13:00 ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
ބީލަންހުށަހެޅުމާއި ހުޅުވުންއޮންނާނީ 31 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 12:00ގައި ހުޅުދެލީ ސްކޫލް ގައެވެ.
މި ޕްރޮޖެކްޓާއި ގުޅޭ ބީލަން ފޮތް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް އެރުވޭނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.
ހުޅުދެލީސްކޫލް
ފޯން: 7952918
އީމެއިލް އެޑްރެސް: [email protected]