މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދުތައް ބޭއްވުމަށް ގަރާޖު ކަނޑައެޅުމުގެ އުސޫލު

އެއްގަމު އުޅަނދުތައް ބޭއްވުމަށް ގަރާޖު ކަނޑައެޅުމުގެ އުސޫލު

ތަޢާރަފް

      މިއީ މާލެއަތޮޅު ތުލުސްދޫ ކައުންސިލުން ދޫކުރާ އެއްގަމު އުޅަނދުފަހަރު ގަރާޖްގައި ރަޖިސްޓިރީކުރުމަށް ހުށައެޅުމުން އެތަނަކީ އެފަދަ ކަމަކަށް އެކަށީގެންވާ ތަނެއްތޯބަލާ ލިޔުންދޫކުރުމަށް ތައްޔާރުކުރެވިފައިވާ އުސޫލެކެވެ. މިއުސޫލު ހަދާފައިވަނީ 2009 އެޕްރީލް 29 ގައި އަމަލުކުރުމަށް ފަށައިފައިވާ އެއްގަމުގައި ދުއްވާ އިންޖީންލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ޤަވާއިދުގެ 4 ވަނަ މާއްދާގެ " ރ " ގައި ކައުންސިލަށް ލބިގެންވާ ބާރުގެ ތެރެއިންނެވެ.

އަމަލުކުރުން

  1. މިއުސޫލަށް އަމަލުކުރަން ފަށާނީ ކައުންސިލުން މިއުސޫލު ފާސްކޮށް އާއްމުކުރާ ތާރީހުންފެށިގެންނެވެ.
  2. މިއުސޫލަކީ ކ.ތުލުސްދޫގައި އެއްގަމު އުޅަނދުތައް ޕާކްކުރުމަށް ހަދާ ޕާކިންގ ގަރާޖަށް ހުއްދަދިނުމުގައި ގެންގުޅޭ އުސޫލެވެ.

ގަރާޖު ހުއްދަ ދޫކުރާއިކު ބަލާނެ މިންގަނޑުތައް ތިރީގައި ބަޔާކޮށްފައި އެވަނީއެވެ.

 

  1. ގަރާޖެއްގެ ގޮތުގައި ދައްކާތަނަކީ ސަރުކާރުގެ ކަމާއިބެހޭ އިދާރާއެއްގައި ރަޖިސްޓްރީކޮށް ފައިވާ ބިމެއް ކަމަށްވާންނާނެވެ.
  2. ގަރާޖުގެ ބޮޑުމިން ކަނޑައަޅާނީ ، އެގަރާޖެއްގައި ބާއްވާ އުޅަނދެއްގެ ދިގުމިނަށްވުރެ 3 ފޫޓް އަދި ފުޅާމިނަށްވުރެ 3 ފޫޓް އިތުރަށް ހުންނަންވާނެވެ.
  3. ގަރާޖަކީ ތަޅުންއަޅައި ސީލިންގ ކޮށްފައިވާ ތަނެއްނަމަ އެތަނުން ސީލިންގއާއި ތަޅުމާ ދެމެދު މަދުވެގެން އުޅަނދުގެ އުސްމިނަށްވުރެ 3 ފޫޓުގެ ހުސްޖާގަ ހުންނަން ވާނެވެ.
  4. ގަރާޖްގެ ވަށައިގެން އެންމެތިރިވެގެން 4 ފޫޓަށް ރާނާ 4 ފޫޓު އުސްމިނުގެ ގޭޓްލައި ހަރުކުރެވިފައި ހުންނަންވާނެއެވެ.
  5. ގަރާޖުގައި ތަޅުން އަޅާފައިވާނަމަ ތަޅުމަށް އެ÷ޅޭ ފެން ހިންދަންވާނީ ގޯތިތެރޭ ކާނެއްހަދައި ތެޔޮ ވަކިވާގޮތަށެވެ. އަދި ތަޅުމެއް ނެތްނަމަ އެތަން އޮންނަންވާނީ އެއްހަމައަކަށް ލެވެލްކޮށް އުޅަނދަށް ފަސޭހަކަމާއިއެކު ވަދެ ނިކުމެވޭ ގޮތަށެވެ.
  6. ތުލުސްދޫ ކައުންސިލުން ގަރާޖު ޗެކްކުރާއިރު ފޯމްގައި ބަޔާންކޮށްފައިވާ މިންތައް ހަމަނުވާނަމަ އެ ގަރާޖަކަށް ރަޖިސްޓަރީ ކުރާ ލިޔުން ދޫކުރެވޭނީ އެ ގަރާޖުގެ މިންތައް އިސްލާހުކުރުމަށްފަހު ހުށައެޅުމުންނެވެ.
  7. ގަރާޖު ޗެކްކުރާއިރު އެގަރާޖުގައި ވެހިކަލް ގަރާޖުކުރުން ނޫން އެހެން ބޭނުމެއް ކުރާނަމަ އެފަދަ ތަނަކަށް ގަރާޖު ރަޖިސްޓަރީކޮށެއް ނުދެވޭނެއެވެ.
  8. އެއްބަސްވުމެއްގެ ދަށުން ދިގުމުއްދަތަކަށް ކުއްޔަށް ހިފައިފައިވާ ގޯއްޗެއްގައި ގަރާޖް ހުއްދަ އެއްހޯދުމަށް ގޭގެ ވެރިފަރާތުން ނޫން ފަރާތަކުން  ހުށަހަޅާނަމަ ގޭގެ ވެރިފާތުން އެ ގަރާޖުގައި އުޅަނދު ބޭއްވުމާއި މެދު އިއުތިރާޟު ނުކުރާކަމަށް ދީފައިވާ ލިޔުމާއި ގޭގެ ވެރިފާތުގެ އައިޑީ ކާޑުކޮޕީ ހުށައަޅަންވާނެވެ.
  9. ތުލުސްދޫގައި ސިނާޢީ މަސައްކަތް ކުރާ ފަރާތްތަކުން ގަރާޖުގެ ގޮތުގައި ވަކި ތަނެއް ކަނޑައަޅާކަށް ނުޖެހޭނެއެވެ.
  10. މި އުސޫލުގައި ބަޔާންކޮށްފައި ނެތް ކަމެއް ދިމާވެއްޖެނަމަ އެކަމެއް ނިންމާނީ ތުލުސްދޫ ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.
  11. މިއުސޫލަށް އަމަލު ކުރަން ފެށުމުން ކުރިން ގަރާޖު ހުއްދަ ދޫކުރެވިފައިވާ ތަންތަން 1 އަހަރު ދުވަހުގެ ތެރޭގައި މިއުސޫލާއި އެއްގޮތަށް ބަދަލް ކުރަން ވާނެއެވެ.

 

                                        23 ޑިސެމްބަރ 2020

23 ޑިސެންބަރު 2020
ހޯދާ