ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި ކައުންސިލްގެ ޕިކަޕްގެ އިންޖީން ޑައަގްނޯސްކޮށް މަރާމާތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

މިކައުންސިލްއިން ދާންދޫގެ ގޭގޭ ދޮށުން ކުނި ނަގައި ކުނި އުފުލުމަށް ބޭނުންކުރާ ތިރީގައި މަޢުލޫމާތު ދެވިފައިވާ 1.5 ޓަނުގެ ނިޝާން ބްރޭންޑްގެ ޕިކަޕްގެ އިންޖީނަށް މައްސަލަތަކެއް ދިމާވެ ސްޓާރޓް ނުކުރެވި ޕިކަޕް ނުދުއްވިފައި އޮންނާތީ، ޕިކަޕްގެ އިންޖީނަށް ދިމާވެފައިވާ މައްސަލަތައް ޑައަގްނޯސްކޮށް ހުރި ފޯލްޓްތައް ރިސެޓްކޮށް ޕިކަޕް ރަނިންގ ކަންޑިޝަނަށް ގެނައުމަށް ހުރި މައްސަލަތައް އަމިއްލަ ތަކެތީގައި ހައްލުކޮށް ދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

 

ޕިކަޕާއި އަދި އިންޖީނާއި ބެހޭ މަޢުލޫމާތު (އެއްގަމު އުޅަނދުގެ ރަޖިސްޓްރީ އިން ނަގާފައިވާ)

1-     މޮޑެލް ނަންބަރ:               SKG-SZ2F24

2-     ޗެސިސް ނަންބަރ:              SZ2F24-041403          

3-     އިންޖީން / މޯޓަރ އުއްފެއްދި ކުންފުނި:  NISSAN

4-     އިންޖީން / މޯޓަރ ސީރިއަލް ނަންބަރ:  ZD30-322680K

5-     ހަކަތައިގެބާވަތް:                DIESEL    

6-     އުފުލޭ ބަރުދަން:                1500 ކިލޯ ( 1.5 ޓަން )

 

މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ތަފްސީލް

ތަން

ތާރީޚް

ދުވަސް

ވަގުތު

މައުލޫމާތު ސާފުކުރުމުގެ ސެޝަން

ގއ.ދާންދޫ ކައުންސިލްގެ އިދާރާ

27 ޑިސެމްބަރ 2020

އާދީއްތަ

13:00

އަންދާސީ ހިސާބު ހުށަހެޅުމުގެ ސެޝަން

ގއ.ދާންދޫ ކައުންސިލްގެ އިދާރާ

31 ޑިސެމްބަރ 2020

ބުރާސްފަތި

13:00

 

މާކްސް ދެވޭގޮތުގެ ތަފްސީލު:

- ބިޑް އިވެލުއޭޓް ކުރާނީ މި ކައުންސިލްގެ އިދާރާއިން  ކަނޑައަޅާ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.

- ބިޑް އިވެލުއޭޝަން ކޮމިޓީއިން އަންދާސީ ހިސާބުތައް އިވެލުއޭޓްކުރުމަށް ފަހު، އަންދާސީ ހިސާބު ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އަންގައިދެވޭނެއެވެ.

- ބިޑް އިވެލުއޭޝަނާއި ގުޅިގެން ބިޑް ކަނޑާތާ 05 ދުވަހުގެ ތެރޭގައި، އެއްވެސް ޝަކުވާއެއް އޮތްނަމަ މި ކައުންސިލްގެ އިދާރާއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

ފޯމިއުލާ

ތަފުސީލު

މާކްސް ދެވޭ ގޮތް

މާކްސްދެވޭ ކްރައިޓީރިއާ

(Benchmark Price / Submitted Price) x Allocated Percentage

*      މަސައްކަތުގެ ޖުމްލަ އަގަށް ދޭ މާކްސް

*      މާކްސް ދެވޭނީ ހުށަހަޅާފައިވާ އަގުތަކާއި، މި އިދާރާއިން އަންދާސާކުރާ އަގާއި އަޅައި ބަލާއިރު އެންމެ އެކަށީގެންވާ ކަމަށް މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

*      މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން އިން ބެންޗް މާރކްގެ ގޮތުގައި ކަނޑައަޅާ އަގު ހުށަހަޅާ ފަރާތަކަށެވެ.

80%

އަގު

( Submitted years of experience / Benchmark  years  ) x Allocated Percentage

*      މިފަދަ މަސައްކަތުގައި ހޭދަވި މުއްދަތާއި އަދި ކުރެވިފައިވާ މަސައްކަތުގެ މިންވަރު

v      މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ މަސައްކަތު ތަޖުރިބާއިން ހޭދަވި މުއްދަތާއި އަދި ކުރެވިފައިވާ މަސައްކަތުގެ މިންވަރާއި އަޅައި ބަލައި މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ އެންމެ ތަޖުރިބާ ރަނގަޅު ފަރާތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ ފަރާތެއްގެ މެދުގައި ލިބޭ % އެއް

*      މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މިއިދާރާގެ ބިޑް އިވެލިއޭޝަން އިން ބެންޗް މާރކްގެ ގޮތުގައި ކަނޑައަޅާ ފަރާތަކަށެވެ.

10%

ތަޖުރިބާ

(Benchmark Credibility/ Submitted Credibility) x Allocated Percentage

*      ފަންނީގޮތުން ޤާބިލުކަން ހުރި މިންވަރަށް ދެވޭ މާރކްސް

*      މި މާކްސް ދެވޭނީ ހުށަހަޅާ ސެޓްފިކެޓްތަކަށް ބަލައި އެންމެ އެކަށީގެންވާ ކަމަށް ބިޑް އިވެލިއުއޭޝަން ކޮމިޓީން ފާސްވާ ފަރާތަށް ދެވޭ އެންމެ މަތީ ޕޮއިންޓް ބެންޗްމާރކެއްކަމުގައި  ބަލައިގެން ހުރިހާ ފަރާތެއްގެ މެދުގައި ލިބޭ % އެއް

*      މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ ބިޑް އިވެލިއުއޭޝަން ކޮމިޓީން ފާސްވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަށެވެ.  

10%

ފަންނީ ޤާބިލުކަން ހުރި މިންވަރު

 

އަންދާސީ ހިސާބު ހުށަހެޅުމާއި ބަލައިގަތުން

އަންދާސީ ހިސާބު ހުށަހަޅާނީ 31 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 13:00ގައި މިއިދާރާއަށް ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ. އީމެއިލް މެދިދުވެރިކޮށް އަންދާސީ ހިސާބު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މިއިދާރާގެ [email protected] މެއިލަށް މަތީގައި ދެންނެވިފައިވާ ގަޑިއަށް އަންދާސީ ހިސާބު  ހުށަހެޅުއްވުން އެދެމެވެ.  

މި ކަމާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މި މަސައްކަތް ކުރުމަށް ޙަވާލު ކުރެވޭނީ މަތީގައި ދެންނެވިފައިވާ ގޮތުގެ މަތިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަށެވެ.

މި މަސައްކަތް ކުރެވޭނީ މި ކަން ކުރުމަށް ހޮވޭފަރާތާއި މި ކައުންސިލް އާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

07 ޖުމާދުލްޢޫލާ 1442

22 ޑިސެންބަރު 2020
ހޯދާ