މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާނު

                                     ނަމްބަރް: (IUL)330-B/330/2020/40 

އިޢުލާން

             01 ޖަނަވަރީ 2021 އިން ފެށިގެން 31 ޑިސެމްބަރު 2021 ގެ ނިޔަލަށް މިރަށުގެ އިޖުތިމާޢީ  ސަރަހައްދުތައް ކުނިކަހާ ސާފުކޮށް ދޭނެ ފަރާތެއް ހޯދަން ބޭނުން ވެގެން މިއިދާރާއިންކުރި ނަމްބަރު:  (IUL)330-B/330/2020/38 (15 ޑިސެންބަރު 2020 )ގެ އިޢުލާނު ބާޠިލްކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

               ވީމާ، މިއިދާރާއިން ކަނޑައަޅާ އުޞޫލު ތަކަކާއި އެއްގޮތްވާ ގޮތުގެ މަތީން މިމަސައްކަތް ކުރުމަށް އެދިލައްވާ ފަރަތްތަކުން، 24 ޑިސެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ، 13:00 އަށް މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު، 27 ޑިސެންބަރު 2020 ވާ އާދީއްތަ ދުވަހުގެ 13:00 އަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ގަޑީފަހުން ހުށަހަޅުއްވާ އެސްޓިމޭޓާއި، މަޢުލޫމާތު ފުރިހަމަނުވާ އެސްޓީމޭޓް ތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ. އެސްޓިމޭޓް ހުށަހެޅުއްވުމަށް ވެރިފަރާތްނޫން އެހެންފަރާތަކާ ޙަވާލުކުރައްވާފަ ފޮނުއްވާނަމަ ނަމަ،  އެކަން ބަޔާންކޮށް ފައިވާ އެސްޓިމޭޓްގެ ވެރިފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ.

               07 ޖުމާދުލްއޫލާ 1442

               22 ޑިސެންބަރު 2020     

 

 

                                    ސަހްލާ ޒާހިރު

                                          ކައުންސިލްގެ ނައިބު ރައީސް 

 

22 ޑިސެންބަރު 2020
ހޯދާ