ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ވެލާނާގޭގައި ހުންނަ އޮފީހުގައި ނެޓްވޯކް އަޅައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
ނަންބަރު:(IUL) 101-AS/1/2020/231
އިޢުލާން
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ވެލާނާގޭގައި ހުންނަ އޮފީހުގައި ނެޓްވޯކް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިއިޢުލާނާއި އެޓޭޗްކުރެވިފައިވާ މަޢުލޫމާތް ކަރުދާހުގައިވާ ތަފްސީލްތަކާއި އެއްގޮތަށް މި މަސައްކަތަށް ކުރުމަށްޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ވުމަށް ދެވިފައިވާ މުއްދަތުގައި މިލިންކްގައިވާ ގޫގަލް ފޯމު https://forms.gle/R1oWcu1znVi59qjNA މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާން އާއި ގުޅިގެން ބާއްވާ ޕްރީ-ބިޑް ބައްދަލުވުން އަދި ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ ވެލާނާގޭ 11 ވަނަ ފަންގިފިލާގައި ހުންނަ މިމިނިސްޓްރީގެ އޮފީހުގައެވެ.
މި އިޢުލާންއާއި ގުޅޭ މުހިންމު ސުންގަޑިތައް
ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރެއްވުމުގެ ސުންގަޑި |
24 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 16:00 |
ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރާ ފަރާތްތަކަށް ބާއްވާ ޕްރީ-ބިޑް ބައްދަލުވުން |
27 ޑިސެމްބަރ 2020 ވާ އާދިއްތަ ދުވަހު (ބައްދަލުވުން ބާއްވާނެ ގަޑި ރަޖިސްޓްރީވި ފަރާތްތަކަށް މިމިނިސްޓްރީން އަންގާނެއެވެ.) |
ބީލަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމުގެ ސުންގަޑި |
28 ޑިސެމްބަރ 2020 ވާ ހޯމަ ދުވަހުގެ 13:00 |
އަންދާސީ ހިސާބު ހުށަހެޅުން |
30 ޑިސެމްބަރ 2020 ވާ ބުދަ ދުވަހު 10:00 |
ބީލަން ހުށަހަޅާ ފަރާތަކީ މިމިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި އެސް.އެމް.އީ އެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.
މިޢިއުލާނާއި ގުޅޭ މަޢުލޫމާތް ކަރުދާސް މިއިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ [email protected] އަށް އީމެއިލް ފޮނުވުމުން، އެކަމުގެ މަޢުލޫމާތު ސާފުކޮށްދިނުމަށްފަހު ހުރިހާ ބީލަންވެރިންނަށް އެމައުލޫމާތް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.
21 ޑިސެމްބަރ 2020