ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު |
ނަންބަރު: 08(IUL)223/1/2020/ |
ތާރީޚް: 21 ޑިސެންބަރ 2020 |
މިޓްރައިބިއުނަލުގެ އެސިސްޓެންޓް ޓްރައިބިއުނަލް އޮފިސަރ ގެ މަޤާމަށް މީހަކު ބޭނުންވެއްޖެ
މަޤާމް: |
އެސިސްޓެންޓް ޓްރައިބިއުނަލް އޮފިސަރ (ދާއިމީ) |
ބޭނުންވާ ޢަދަދު: |
01 |
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން: |
ލީގަލް އެންޑް އެސެސްމެންޓް ސެކްޝަން |
މުސާރަ، ޢިނާޔަތްތަކާއެކު: |
މަހަކު 9,100/-ރުފިޔާ އަދި އިތުރު ގަޑީގައިކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނޭއެވެ. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: |
- ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން މަޢުލޫމާތު ސާފުކުރަންޖެހޭ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުން. - ޓްރައިބިއުނަލުން ބަލަމުންދާ މައްސަލަތަކުގެ އަޑުއެހުންތައް ޓައިޕްކޮށް މައްސަލަބަލަމުންދާ މެންބަރުންނަށް ހުށަހެޅުން. - ޓްރައިބިއުނަލުން ބަލަމުންގެންދާ މައްސަލަތަކުގެ އަޑުއެހުންތައް ނިމުމުން ދެ ޚަސްމުން ދެއްކި ވާހަކަތަކުގެ ނުކުތާތައް އެކުލަވާލުން. - ޓްރައިބިއުނަލުން ބަލަމުންގެންދާ މައްސަލަތަކުގެ ފައިލްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން. - ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން މައްސަލަ ރައްދުވާ ފަރާތުން ހޯދަންޖެހޭ ޖަވާބު ހޯދުން. - ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ޙާޟިރުކުރަންޖެހޭ ފަރާތްތައް ޤަވާޢިދާއި އެއްގޮތަށް ޓްރައިބިއުނަލަށް ޙާޟިރުކުރުމުގެ ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުން. - ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ޗިޓް ރައްދުކުރަންޖެހޭ ފަރާތްތަކަށް ޗިޓް ރައްދު ކުރުމުގެ ކަންތައް ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތިން އިންތިޒާމްކޮށް، އެކަން ރަނގަޅަށް ކުރިއަށްދާކަން ބަލާ ޔަޤީންކުރުން. - ޓްރައިބިއުނަލަށް ބަލައިގަންނަ މައްސަލަތަކުގެ ދަފްތަރު ބެލެހެއްޓުން. - ޓްރައިބިއުނަލުން ބަލަމުންގެންދާ މައްސަލަތައްބަލާ ނިމުމާއިއެކު މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ތައްޔާރުކުމުގައި އެހީތެރިވެދިނުން. - ޓްރައިބިއުނަލުގެ މަސައްކަތްތަކާމެދު އާންމުންނާއި، މުއައްސަސާތައް ހޭލުންތެރި ކުރުވުމަށް ބޭނުންވާ މަޢުލޫމާތު ކަރުދާސްތައް ތައްޔާރުކޮށް، އެފަދަ ކަންކަން ރާވާ ހިންގުމަށް އެހީތެރިވެދިނުން. - ޓްރައިބިއުނަލުން ޙަވާލުކުރާ އެހިނިހެން އިދާރީ މަސައްކަތްކުރުން. |
ޝަރުތު: - ޖީ.ސީ.އީ އޭ ލެވެލް 2 މައްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު އެޗް.އެސް.ސީ އިމްތިޙާނުގައި ދިވެހި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. ނުވަތަ، - ޖީ.ސީ.އީ އޯލެވެލް ގައި އިނގިރޭސި މާއްދާ ހިމެނޭ ގޮތަށް 5 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކެ އެސް.އެސް.ސީ އިމްތިޙާނުގައި ދަށްވެގެން ދިވެހި މާއްދާއިން "ސީ" ފާސް ލިބިފައިވުމާއެކު ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 1 އަހަރުގެ ތަޖުރިބާ ލިބިފައިވުން. |
|
ހުށަހަޅަން ޖެހޭ ތަކެތި:
މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އިންޓަވިއުއަށް ގުޅާނީ، ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. |
ހުށަހަޅާނެގޮތް |
ތާރީޚާއި ގަޑި |
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ކައުންޓަރަށް (މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާ) ނުވަތަ، ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން މި ޓްރައިބިއުނަލްގެ [email protected] އަށް މެއިލްކުރެއްވުން. |
28 ޑިސެންބަރ 2020 14:00 ގެ ކުރިން |
މިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިޓްރައިބިއުނަލްގެ ނަންބަރު 3015555 ފޯނަށް ގުޅުއްވުން އެދެމެވެ.
21 ޑިސެންބަރ 2020މ.