ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުބައްތިތައް މަރާމާތުކުރުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މަގުބައްތިތައް މަރާމާތުކުރުމަށް ބޭނުންވާ ކޮންޓެކްޓަރ، ޓައިމަރ އަދި މަގުބައްތި ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ކުންފުންޏެއްގެ ފަރާތުން މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތެއްނަމަ އެކަން އެނގޭނެ ކުންފުނީގެ ލިޔުމަކާއި ހާޒިރުވާ ފަރާތުގެ އައިޑީކާޑު ކޮޕީއެއް ގެންނަންޖެހޭނެއެވެ. އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ވެރިފަރާތްނޫން ފަރާތެއް މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާނަމަ ވެރިފަރާތުގެ ލިޔުމަކާއި ހާޒިރުވާ ފަރާތުގެ އައިޑީކާޑު ކޮޕީއެއް ގެންނަންޖެހޭނެއެވެ. އެނޫން ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ.

 

މަޢުލޫމާތުދިނުން

އަންދާސީހިސާބު ހުށަހެޅުން

29 ޑިސެންބަރު 2020 (އަންގާރަ)

10:00

06 ޖަނަވަރީ 2021 (ބުދަ)

10:00

 

މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 ޑިސެންބަރު 22 އިން 2020 ޑިސެންބަރު 28  އަށް  ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް ނަންނޯޓްކުރެއްވުން އެދެމެވެ.

މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ޑިސެންބަރު 28 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.

މި ބީލަމުގައި ބައިވެރިވާން އެދި ނަން ނޯޓްކުރައްވާ ފަރާތްތަކަށް، މި ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާސް މެއިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ކަރުދާސް މި އިޢުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ.

ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ

އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ.

ފޯން: 6520043

އީ-މެއިލް: [email protected]

21 ޑިސެންބަރު 2020
ހޯދާ