ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް މަސައްކަތު _ ( ޕޫލް )

 

މަޤާމް:            ވޭޖް   މަސައްކަތު _ ( ޕޫލް )

އޮފީސް/ އިދާރާ         ގއ. ވިލިނގިލީ ކައުންސިލް އިދާރާ

ސެކްޝަން:           ކޯޕަރޭޓިވް އެފެއާރޒް

ރޭންކް:             SS1

ވަޒީފާއަދާކުރަންޖެހޭތަން:       ކައުސިލުން ދައްކާ މިސްކިތެއްގައި

މުސާރަ:            މަސައްކަތް ކުރާކޮންމެގަޑިއަކަށް 45/-  ރުފިޔާ

ބޭނުންވާއަދަދު:          6

މަޤާމްގެ ޝަރުތުތައް:       1 ލިޔަން ކިޔަން ދަތުމާއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހެއްކަމުގައި ވުން

މަޤާމުގެ މައްސޫލިއްޔަތާއި، ވާޖިބުތައް:      

 

        ދާއިމީ މަސައްކަތު މުވައްޒަފު ބަލިވެ ސަލާމްގައި ނުވަތަ ޗުއްޓީގައި ހުންނަދުވަސްތަކުގައި ނުވަތަ މަސައްކަތު މީހަކު ނެތި ހުސްކޮށް ހުންނަ މިސްކިތެއްގައި ތިރީގައި މިދަންނަވާ މަސައްކަތް ކުރުން.

       -  5 ވަގުތު މިސްކިތަށްގޮސް މިސްކިތުގެ އެތެރެ އާއި، ބޭރު ސާފްކުރުން މިސްކިތުގެ ފަންކާތައް ފޮޅާސާފްކުރުން   

       ވުޟޫކުރާއިސްކުރޫބަރިތަކާއި، ފާޚާނާތައް  5 ވަގުތައް ސާފްކޮށް ބެލެހެއްޓުން

       -  މިސްކިތުގެ ގޯތިތެރެ އާއި މިސްކިތާ އިންވެގެން އޮންނަ މަގުތައް ކުނިކަހާ ސާފްކޮށް ބެލެހެއްޓުމާއި، ގޯތިތެރެ ފެހިކުރުން

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

       ލިޔަން ކިޔަން ދަންނަ ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހަކު ކަމުގައި ވުން.

އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި މުއްދަތު 

       ގއ. ވިލިނގިލީ ކައުންސިލްއިދާރާ

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި 

       29 ޑިސެމްބަރ  2020 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ގއ. ވިލިނގިލީ ކައުންސިލް އިދާރާއަށް ވަޒީފާއަށް އެދި ހުށަހަޅާސިޓީއާއި އެކު ތިރީގައި ދަންނަވާފައިވާ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ.

ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ދެފުށްފެންނާނޭ ކޮޕީއެއް .

މި އިޢުލާނާއިގުޅިގެން މައުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ މި އިދާރާގެ 6820027 ނަންބަރު ފޯނާއެވެ.

އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

21 ޑިސެންބަރު 2020
ހޯދާ