ދިވެހިރާއްޖެ
މަޤާމް: ވޭޖް މަސައްކަތު _ ( ޕޫލް )
އޮފީސް/ އިދާރާ ގއ. ވިލިނގިލީ ކައުންސިލް އިދާރާ
ސެކްޝަން: ކޯޕަރޭޓިވް އެފެއާރޒް
ރޭންކް: SS1
ވަޒީފާއަދާކުރަންޖެހޭތަން: ކައުސިލުން ދައްކާ މިސްކިތެއްގައި
މުސާރަ: މަސައްކަތް ކުރާކޮންމެގަޑިއަކަށް 45/- ރުފިޔާ
ބޭނުންވާއަދަދު: 6
މަޤާމްގެ ޝަރުތުތައް: 1 ލިޔަން ކިޔަން ދަތުމާއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހެއްކަމުގައި ވުން
މަޤާމުގެ މައްސޫލިއްޔަތާއި، ވާޖިބުތައް:
ދާއިމީ މަސައްކަތު މުވައްޒަފު ބަލިވެ ސަލާމްގައި ނުވަތަ ޗުއްޓީގައި ހުންނަދުވަސްތަކުގައި ނުވަތަ މަސައްކަތު މީހަކު ނެތި ހުސްކޮށް ހުންނަ މިސްކިތެއްގައި ތިރީގައި މިދަންނަވާ މަސައްކަތް ކުރުން.
- 5 ވަގުތު މިސްކިތަށްގޮސް މިސްކިތުގެ އެތެރެ އާއި، ބޭރު ސާފްކުރުން މިސްކިތުގެ ފަންކާތައް ފޮޅާސާފްކުރުން
ވުޟޫކުރާއިސްކުރޫބަރިތަކާއި، ފާޚާނާތައް 5 ވަގުތައް ސާފްކޮށް ބެލެހެއްޓުން
- މިސްކިތުގެ ގޯތިތެރެ އާއި މިސްކިތާ އިންވެގެން އޮންނަ މަގުތައް ކުނިކަހާ ސާފްކޮށް ބެލެހެއްޓުމާއި، ގޯތިތެރެ ފެހިކުރުން
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
ލިޔަން ކިޔަން ދަންނަ ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހަކު ކަމުގައި ވުން.
އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި މުއްދަތު
ގއ. ވިލިނގިލީ ކައުންސިލްއިދާރާ
މަގާމަށް އެދެންވީ ގޮތާއި ސުންގަޑި 29 ޑިސެމްބަރ 2020 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ގއ. ވިލިނގިލީ ކައުންސިލް އިދާރާއަށް ވަޒީފާއަށް އެދި ހުށަހަޅާސިޓީއާއި އެކު ތިރީގައި ދަންނަވާފައިވާ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ.
ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ދެފުށްފެންނާނޭ ކޮޕީއެއް .
މި އިޢުލާނާއިގުޅިގެން މައުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ މި އިދާރާގެ 6820027 ނަންބަރު ފޯނާއެވެ.
އީމެއިލް ކުރައްވާނީ [email protected] އަށެވެ.