މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުސަތު – މަސައްކަތު(ވަގުތީ / ވޭޖް އުސޫލުން)

މިސްކިތު މަސައްކަތު މީހުން ސަލާންބުނުން، އާއިލީ ޒިންމާ ޗުއްޓީ އަދި އަހަރީ ޗުއްޓީ ނެގުމުން މަސައްކަތު މީހުން ބޭނުންވާ ޙާލަތުގައި ވޭޖު އުޞޫލުން މަސައްކަތްކުރުމަށް،  މީލާދީ 1 (އެކެއް) އަހަރު ދުވަހަށް އެކުލަވާލާ ޕޫލަށްވަގުތީ(ވޭޖު) މަސައްކަތު މީހުން ބޭނުންވެއްޖެއެވެ.

މަޤާމު:                މަސައްކަތު (ވަގުތީ / ވޭޖް އުސޫލުން)

ބޭނުންވާ އަދަދު:         2 (ދޭއް)

މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ތަން: މީދޫގެ މިސްކިތްތައް

މުސާރަ:               މަސައްކަތްކުރާ ގަޑިއަކަށް ގަޑިޔަކު 45.00 (ސާޅިސްފަސް) ރުފިޔާ( ދުވާލަކު  5 ގަޑިއިރު)

ޝަރުތު:

ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު ނުވަތަ ޤާބިލްކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1.     ކޮންމެ ނަމާދު ވަގުތެއްގެ ކުރިން މިސްކިތާއި އިސްކޫރުބަރި ފޮޅާ ސާފްކުރުން.

2.     ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ކުރިން މިސްކިތް ފޮޅާ، ތަޅުމުގުގައި މޮޕްލުން.

3.     މިސްކިތުގެ ގޯތީތެރެއާއި ވަށައިގެންވާ މަގުތައް ކުނިކަހާ ނޮޅާ ސާފްކުރުން.   

ވަޒީފާއަށް ޤާބިލްފަރާތެއް ހޯދުމަށް ބެލޭނެ ކަންތައްތައް:

ތަޢުލީމީ ސެޓިފިކެޓްތަކާއި، މަސައްކަތުގެ ހުނަރާއި ޤާބިލުކަމަށް ބެލޭނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން  އޮންނާނެ ތަނާއި މުއްދަތު:

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 4 ދުވަހުގެ ތެރޭގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވޭނެއެވެ. ބައްދަލުވުން އޮންނާނެ ތަނާއި ގަޑި ޝަރުތު ހަމަވާ ފަރާތްތަކަށް އެންގޭނެއެވެ.

 

ހުށަހަޅުއްވަންޖެހޭ ތަކެތި:

•      ވަގުތީ (ވޭޖު) މަސައްކަތު މީހެއްގެ ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

•      ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

•      މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިންބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

•      ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

•      ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

•      މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުންދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

•      ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

•      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ތަކެތި ހުށަހެޅުމުގެ ސުންގަޑި:

29 ޑިސެންބަރު2020   ވަނަ ދުވަހުގެ  12:00 ގެ ކުރިން.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:   މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ރ. މީދޫ ކައުންސިލްގެ އިދާރާއަށެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

21 ޑިސެންބަރު 2020
ހޯދާ