ޑްރަގް ކޯޓު
ދިވެހިރާއްޖެ
ޑްރަގް ކޯޓަށް މިދަންނަވާ ތަކެތި ގަންނަން ބޭނުންވެއެވެ.

 

`

ޑްރަގް ކޯޓު

   މާލެ،

   ދިވެހިރާއްޖެ.

(IUL)435-A2/435/2020/1 :ނަންބަރު

ޑްރަގް ކޯޓަށް މިދަންނަވާ ތަކެތި ގަންނަން ބޭނުންވެއެވެ.

ތިރީގައި މިދަންނަވާ ތަކެތި މިކޯޓަށް ގަންނަން ބޭނުންވެއެވެ. ވީމާ މިތަކެތި ވިއްކުމަށް އެދޭ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. ވީމާ މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 28 ޑިސެމްބަރ 2020 ވާ ހޯމަ ދުވަހުގެ 10:00 އަށް މިކޯޓަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

  • 11 ފަޔަރ އެކްސްޓިންގުއިޝަރ (ފްލޯރ ޕްލޭންގައި ފާހަގަ ކުރެވިފައިވާ ތަންތަނުގައި ހަރުކޮށްދިނުން ހިމެނޭ ގޮތަށް)

 

މާކްސް ދޭނެ ގޮތް:

- އަގަށް : %70 ( އެންމެ ކުޑަ އަގު ހުށައަޅާ ފަރާތަކަށް އެންމެ ގިނަޕޮއިންޓް )

- ޑެލިވަރީ މުއްދަތު : (އެންމެ ކުރު މުއްދަތު ހުށަހަޅާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް)

- ތަޖުރިބާ : (2015 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން 2020 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ނިޔަލަށް ދައުލަތުގެ މުއައްސަސާތަކަށް ފަޔަރ ސޭފްޓީ އިކުއިޕްމަންޓް އެންމެގިނައިން ސަޕްލައި ކޮށްދީފައިވާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)

އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

- އަންދާސީ ހިސާބު ހުށަހަޅޭނީ ލިސްޓު ކުރެވިފައިވާ ހުރިހާ އައިޓަމްތަކައް އެއް އަންދާސީ ހިސާބެވެ.  

- ޖީ.އެސް.ޓީ. އަށްވާ އަދަދު ވަކިން އެނގޭނެހެން ޖުމްލަ އަގު ހުށަހެޅުން

- އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.    

- އަންދާސީ ހިސާބު ހުށަހަޅަން ހާޒިރުވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީ ހިސާބެކެވެ.

 

ހުށަހަޅަންޖެހޭ ތަކެތި

- ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް އަދި ސެޓުފިކެޓު އޮފް ރެޖިސްޓްރޭޝަންގެ ކޮޕީ ހުށަހެޅުން. 

- އަމިއްލަ ފަރާތެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.    

- ޖީ.އެސް.ޓީ. އަށް ރަޖިސްޓްރީ ކޮށްފައިވާ ސެޓުފިކެޓް އޮފް ރެޖިސްޓްރޭޝަންގެ ކޮޕީ.

- ހުށައެޅިފައިވާ އަންދާސީ ހިސާބު ބާޠިލްވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.

- އިތުރު ސަޕޯޓިންގ ލިޔުމެއް ވާނަމަ ހުށަހެޅުން.

- ތަޖުރިބާއަށް މާކްސް ދިނުމުގައި ބެލެވޭނީ މިފަދަ މަސައްކަތްތައް އެހެން އޮފީސްތަކުގައި ކޮށްފައިވާ ގޮތާއި ގުޅޭގޮތުން އެ

  އޮފީސްތަކުން ދީފައިވާ ރެކޮމެންޑޭޝަން ލެޓާރ ފަދަ ލިޔުންތަކަށެވެ.

- ކުންފުންޏެއް ނަމަ އެކުންފުނީގެ އެންމެ ފަހުގެ އޮޑިޓް ފައިނޭންޝަލް ރިޕޯޓް ހުށަހަޅަންވާނެއެވެ.

 

 

 

އަންދާސީ ހިސާބު ހުށަހެޅުން

އަންދާސީ ހިސާބު 04 ޖަނަވަރީ 2021 ވަނަ ދުވަހުގެ 10:00 އަށް މި ކޯޓަށް ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ  ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު  އަދި "ފަޔަރ އެކްސްޓިންގުއިޝަރ ވިއްކުމަށް އެދި"  ލިޔެވިފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

ޑްރަގް ކޯޓް

އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އެންޑް ޖެނެރަލް ސަރވިސަސް ސެކްޝަން

މާލެ، ދިވެހިރާއްޖެ

 

އަންދާސީ ހިސާބު ހުޅުވުން

އަންދާސީ  ހިސާބު ހުޅުވާނީ 04 ޖަނަވަރީ 2021 ވަނަ ދުވަހުގެ 10:00 ގައި ޑްރަގް ކޯޓުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ  މީޓިންގ ރޫމްގައި، ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތުން ކަނޑައެޅިފައިވާ ފަރާތްތަކާ އެއް ހާޒިރީއެއްގައެވެ.

މިކަމާ  ބެހޭގޮތުން  އިތުރު  މަޢުލޫމާތު ހޯއްދެވުމަށް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3018556 އަށް ގުޅުއްވުން އެދެމެވެ.

 

06 ޖުމާދުލްއޫލާ 1442

21 ޑިސެމްބަރ 2020

21 ޑިސެންބަރު 2020
ހޯދާ