ވަޒީފާގެ ފުރުޞަތު
|
މަޤާމު:
|
އެސިސްޓެންޓް ޑިރެކްޓަރ
|
މަޤާމުގެ ނަންބަރު:
|
J-221061
|
ބޭނުންވާ އަދަދު:
|
01 (އެކެެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
އެމް.އެސް 3
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އެސިސްޓެންޓް ޑިރެކްޓަރ
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ހދ. ނެއްލައިދޫ ކައުންސިލްގެ އިދާރާ
|
މުސާރަ:
|
7035/- ރުފިޔާ
|
ސަރވިސް އެލަވަންސް:
|
2000/- ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމޖެހިފައިވާ އުޞޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ލިބިލައްވާ -/900 ރުފިޔާ (މަހަކު).
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި ހިންގައި ބެލެހެއްޓުމާއެކު އެ ނިންމުންތައް ތަންފީޒު ކުރުމަށްޓަކައި ޢަމަލީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްކުރުން.
- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްޓްރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޖަވާބުދާރީވުން.
- ސިވިލް ސާރވިސް ކޮމިޝަންގެ ޤަވާޢިދުގެ ދަށުން، ވަޒީފާ ދިނުމާއި، ވަޒީފާއިން ވަކިކުރުމާއި ވަޒީފާ އަދާކުރާތަން ބަދަލު ކުރުމާއި މުވައްޒަފުންނަށް ކަނޑައެޅޭ މުސާރައާއި ޢިނާޔަތްތަކާބެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ އިދާރީ އިންތިޒާމްތައް ހަމަޖައްސައި މުވައްޒަފުންގެ އެންމެހާ ކަންތައްތައް ސްޕަރވައިޒްކޮށް ބެލެހެއްޓުން.
- އެންޓްރީ އާއި ޔައުމިއްޔާ އަދި އިންވެންޓްރީ ޤަވާޢިދުން ބަލަހައްޓަމުންދޭތޯ ޗެކްކުރުން.
- އަތޮޅު ކައުންސިލަށާއި ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކަށް ފޮނުވަންޖެހޭ އެންމެހާ ރިޕޯރޓްތައް ޤަވާޢިދުން ފޮނުވަމުންދޭތޯ ބެލެހެއްޓުން.
- ރަށްވެހިންގެ ރަޖިސްޓްރީ ބެލެހެއްޓުމާއި ވިހާ މަރުވާއާއި އުފަންދުވަހުގެ ރަޖިސްޓްރީއާއި ސެޓްފިކެޓްގެ މަސައްކަތްތައް ކުރެވެނީ ހަމަޖެހިފައިވާ ޤަވާޢިދާ އެއްގޮތައްތޯ ބެލެހެއްޓުން.
- ކައުންސިލް އިދާރައިގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ ތެރެއިން މަރާމާތު ކުރަންޖެހޭ ތަންތަންބަލާ އެފަދަ ތަންތަން މަރާމާތު ކުރުމަށްޓަކައި މާލިއްޔަތު ގަވާއިދާއި އެއްގޮތްވާ ގޮތުގެމަތިން ކުރަންޖެހޭ މަސައްކަތް ކުރުން.
- ޝަރުޢީކޯޓްތަކުން ކުރާ ޙުކުމްތައް ތަންފީޛު ކުރުމުގައި ޝަރުޢީ ކޯޓްތަކާއި ސަރުކާރުގެ އިދާރާތަކަށް އެހީތެރިވުން.
- އެކިއެކި ކަންކަމާއި ގުޅިގެން ބާއްވާ ޖަލްސާ ސެމިނާރ ފަދަ ކަންކަން މުވައްޒަފުން މެދުވެރިކޮށް އިންތިޒާމުކޮށް ހިންގުން.
- ވިޔަފާރި ހުއްދައާއި ބެހޭ ކަންތައްތައް ހަމަޖެހިފައިވާ ޤަވާޢިދާ އެއްގޮތައްކޮށް، އެކަމާގުޅޭ ކަންކަން ބެލެހެއްޓުން.
- ގޯއްޗާއި ޢިމާރާތާއި ގޯތި އަދި ބިމުގެ ރަޖިސްޓްރީއާއި ރަށްވެހިންގެ ރަޖިސްޓްރީ ފަދަ ރަޖިސްޓްރީގެ މަސައްކަތްތަކާއި ބަލަހައްޓަންޖެހޭ ބިނާތަކާއި ބިންތައް ސަރުކާރުން ހަމަޖައްސަވާފައިވާ ޤަވާޢިދާ އެއްގޮތައް ބެލެހެއްޓުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.
- މަރުވާ މީހުން ވަޅުލުމާއި ކަށުކަމާކެމީގެ ކަންތައްތައް ހިންގައި ބެލެހެއްޓުން.
- ރަމަޟާންމަހާއި ޝައްވާލުމަހުގެ ހަނދުބެލުމުގެ ކަންތައްތަކާއި، ހުކުރު ނަމާދާއި ޢީދު ނަމާދު އަދި ކޭތަ ނަމާދުކުރުމަށް މީހުން ހަމަޖައްސާ އެންގުމާއި ޚުޠުބާ ޙަވާލުކޮށް އެކަން ހިނގާ ނުހިނގާގޮތް ބެލުން.
- އިދާރީ ގޮތުން ނިންމަންޖެހޭ ކަންތައްތަކާއި ގުޅިގެން ބަޔާން ނެގުމާއި ރިޕޯޓް ތައްޔާރު ކުރުންފަދަ މަސައްކަތްތައް ކުރުވައި ބެލެހެއްޓުމާއި ގުޅޭ އެންމެހާ މަސައްކަތް ކުރުން އަދި ކުރުވުން.
- އެކިއެކި އިންތިޚާބުތަކާއިބެހޭ ކަންތައްތައް އެ ކަންކަމާއިބެހޭގޮތުން ހެދިފައިވާ ޤާނޫނާއި ޤަވާޢިދާއި އެއްގޮތައް އަތޮޅު ކައުންސިލުން އަދި އިލެކްޝަންސް ކޮމިޝަނުން އަންގަވާ ގޮތެއްގެ މަތިން ހިންގައި ބެލެހެއްޓުން.
- ސަރުކާރުގެ ބޭނުންތަކުގައި ރަށަށް ވަޑައިގަންނަވާ ޓީމުތަކުގެ މަސައްކަތުގައި ކައުންސިލްގެ ރައީސަށް އެހީތެރިވެ ކުރަންޖެހޭ މަސައްކަތްތަކަށް މަގު ފަހިކޮށްދިނުން.
- ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާއިދު ހިންގުމުގައާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އެކުލަވާލެވޭ ޤަވާޢިދުތަކާއި އުޞޫލުތައް ތަންފީޛު ކުރުމަށްޓަކާ ކައުންސިލްގެ ރައީސަށް އެހީތެރިވެ ކުރަންޖެހޭ މަސައްކަތްތައް ކޮށް ކުރުވައި ފައިސާގެ އެންމެހާ މަސައްކަތްތައް ކުރެވެމުންދަނީ ދައުލަތުގެ މާލިއްޔާތާއިބެހޭ ޤަވާޢިދާއި އެއްގޮތައްތޯ ބެލެހެއްޓުން.
- ޤާނޫނާއި ޤަވާޢިދާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން ދުވަހުން ދުވަހަށް ކައުންސިލް އިދާރާ ހިންގުމަށާއި ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޛު ކުރުމަށްޓަކައި ކައުންސިލްގެ ރައީސަށް އެހީތެރިވެ ކުރަންޖެހޭ މަސައްކަތްތައްކޮށް ބެލެހެއްޓުން.
- މާރާމާރީއާއި ވައްކަން އަދި އަލިފާނުގެ ޙާދިސާތައްފަދަ ބޮޑެތި ކަންތައްތައް ހިނގުމުން ލަސްނުކޮށް އެކަމަކާބެހޭ ފުރިހަމަ މަޢުލޫމާތު އަތޮޅު ކައުންސިލަށް ފޮނުވުމާއި ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ކައުންސިލްގެ ރައީސް އަންގަވާ ގޮތެއްގެ މަތިން އެފަދަ ޙާދިޘާތަކާއިބެހޭ އެންމެހާ ކަންކަން އިންތިޒާމުކޮށް ހިންގުން.
|
މަޤާމުގެ ޝަރުޠުތައް:
|
- އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓްގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓްގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ،
- އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓްގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓްގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ،
- އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓްގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިއިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.
(ނ) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު 35އިންސައްތަ
- އިމްތިޙާން (ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން) 5އިންސައްތަ
- ލިބިފައިވާ މަސައްކަތު ތަޖްރިބާ 15އިންސައްތަ
- ލިބިފައިވާ ހުނަރު (އިންޓަރވިއު އަދި ޕްރެޒެންޓޭޝަން) 45އިންސައްތަ
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
- މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (29 ޑިސެމްބަރ 2020) ގެ (14:00) ގެ ކުރިން، (ނެއްލައިދޫ ކައުންސިލްގެ އިދާރާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
- އިދާރާގެ އީ-މެއިލްއަށް ފޯމު ލިބުމުން އެކަން ފޯމު ހުށައެޅުއްވި ފަރާތަށް އީ-މެއިލް މެދުވެރިކޮށް އެންގޭނެއެވެ.
- އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، (29 ޑިސެމްބަރ 2020) ން (10 ޖަނަވަރީ 2021) އާއި ދެމެދު (ނެއްލައިދޫ ކައުންސިލްގެ އިދާރާ) ގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސްބޯޑު އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ލިޔުމަކުން މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ(6520041) އަށެވެ. އީ-މެއިލް ކުރާނީ ([email protected] (އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.
|