ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
ތާރީޚް
|
20 ޑިސެންބަރު 2020 |
||
ނަންބަރު |
IUL)168-CA/1/2020/30) |
|||
ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓް |
||||
މަޤާމު: |
ޕޮލިސީ އޮފިސަރ |
|||
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
|||
މަސައްކަތް ކުރަންޖެހޭ ތަން: |
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ |
|||
މުސާރައާއި ޢިނާޔަތްތައް: |
- މުސާރަ: މަހަކު 10550 ރުފިޔާ - ލިވިންގ އެލަވަންސް 3000 ރުފިޔާ - ސާރވިސް އެލަވަންސް 3500 ރުފިޔާ މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
|||
ރަސްމީ ގަޑި |
ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށް |
|||
ޝަރުޠު: |
|
|||
މަޤާމުގެ މަސްއޫލިއްޔަތު |
1- ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓްގެ ޕޮލިސީ ޔުނިޓްގެ އެންމެހާ ކަންތައް ޑިރެކްޓަރުގެ ލަފާގެ މަތިން ރާވާ ހިންގުން. 2- މިކޮމިޝަންފަދަ މިނިވަން މުސްތަޤިއްލު މުއައްސަސާތަކާ ގުޅޭ އެކަށޭނަ ސިޔާސަތުތަކަކީ ކޮބައިތޯބަލާ އެފަދަ ސިޔާސަތުތަކާއި ގުޅޭގޮތުން ލަފައާއި އިރުޝާދު ދިނުމާއި ކޮމިޝަނުން ޢަމަލުކުރަންޖެހޭ ސިޔާސަތުތައް އެކުލަވާލާ އެކަށައެޅުމުގައި ޢަމަލީގޮތުން މަސައްކަތް ކުރުން. 3- ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ހުށަހަޅާ ދައުލަތުގެ ސިޔާސަތުތަކާ ގުޅުންހުރި މައްސަލަތަކަށް ލީގަލް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެ ހުންނަވާ އިސްވެރިޔާގެ މަޝްވަރާގެމަތިން އެމަސައްކަތް ކުރުން. 4- ދައުލަތުގެ އިދާރާތަކުގައި އަމަލުކުރެވެމުންދާ ގާނޫނާއި، ގަވާއިދާއި، އިދާރީ އުސޫލުތަކާއި އަމަލުކުރެވޭ ޤާނޫނުތަކާއި، ޤަވާއިދުތަކާއި، އިދާރީ އުސޫލުތަކަކީ އިންސާނީ ހައްޤުތަކާ އެއްގޮތްވާގޮތުގެ މަތިން އެކުލަވާލާފައިވާ ޤާނޫނުތަކާއި، ޤަވާއިދުތަކާއި، އިދާރީ އުސޫލުތައްތޯ ބެލުމަށް ކޮމިޝަނުގެ ފަރާތުން ރިވިއުކުރުމުގައި އިސްރޯލެއް އަދާ ކުރުން. 5- ގާނޫނާއި، ގަވާއިދާއި، އިދާރީ އުސޫލުތައް އެކުލަވާލުމުގެ މަރުހަލާގައި ކޮމިޝަނުގެ ހުށަހެޅުން ތައްޔާރުކުރުމުގައި އެހީތެރިވެދިނުން. 6- ސަރަހައްދީ އަދި ބައިނަލް އަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާތައް ދިރާސާކޮށް މިފަދަ މުއާހަދާ ތަކުގައި ބައިވެރިވުމާ ގުޅޭގޮތުން ކޮމިޝަނުގެ ހުށަހެޅުންތައް ތައްޔާރުކުރުމުގައި އިރުޝާދުދީ އަމަލީގޮތުން މަސައްކަތުގައި ބައިވެރިވުން. އަދި ދޭންޖެހޭ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން. 7- މަސައްކަތާ ގުޅޭ ގޮތުން މީޑީޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ދިނުން. 8- ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން. 9- އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން. |
|||
ހުށަހަޅަންޖެހޭ ލިޔުންތައް |
|
|||
ސުންގަޑި |
2020 ޑިސެންބަރު 30 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން |
|||
އެހެނިހެން |
|
|||