ގޮއިދޫ ސްކޫލް/ ށ.ގޮއިދޫ
ދިވެހިރާއްޖެ
ބައެއް މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ތިރީގައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  1. މި ސްކޫލުގެ އިދާރާގެ ފާޚާނާ މަރާމާތުކުރުން
  2. ބައެއް ބޮޑުދޮރާއި ކުޑަދޮރު މަރާމާތުކުރުން
  3. 2 ކުލާސްރޫމުގެ ސީލިނގު މަރާމާތުކުރުން

ވީމާ، މި ސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައިމިދަންނަވާ ތާރީޚްތަކުގައި މި މަދަރުސާއަށް ޙާޟިރުވެލައްވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

ބީލަމަށް ނަންނޯޓްކުރުމާއި، ބީލަންފޮތް ހަވާލުކުރުން

20 ޑިސެމްބަރ 2020 އިން 27 ޑިސެމްބަރ 2020 އަށް

ކޮންމެދުވަހެއްގެ 09:00 ން 13:00އަށް. (ސްކޫލްގެ އިދާރާ)

މަސައްކަތުގެ މަޢުލޫމާތު ދިނުން

27 ޑިސެމްބަރ 2020

ހެނދުނު 9:00ގައި ސްކޫލްގެ އިދާރާގައި

ބީލަން ހުށަހެޅުމާއި ހުޅުވުން

30 ޑިސެމްބަރ 2020

ހެނދުނު 9:00ގައި ސްކޫލްގެ އިދާރާގައި

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6540582 ނުވަތަ 9939405 މިނަމްބަރ އަށް ގުޅުއްވައިގެން ނުވަތަ މިސްކޫލްގެ އީމެއިލް އެޑްރެސް [email protected] މެއިލް ކުރެއްވުން އެދެމެވެ. 

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

އަދިދަންނަވެމެވެ. މިމަރާމާތުގެ ބީލަމަށް ނަންނޯޓް ކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި ނަންނޯޓް ނުކުރާފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

20 ޑިސެންބަރު 2020
ހޯދާ