ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފީނެގުން

އިޢުލާނު

ކައުންސިލުން ދެމުންގެންދާ ޚިދުމަތްތަކަށް ފީ ނެގުން 

                        ތިރީގައި މި ދަންނަވާ ޚިދުމަތްތަކަށް މި ކައުންސިލުން ޚިދުމަތުގެ ފީއެއް ނަގާގޮތައް 22 ޖަނަވަރީ 2020ގައި ބޭއްވި މިކައުންސިލްގެ  2020 ވަނަ އަހަރުގެ 2ވަނަ ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.

1- އުފަންދުވަހުގެ ރަޖިސްޓަރީ ހެދުމުގެ ފީ އަކަށް -/10  ( ދިހަ ރުފިޔާ)

2- އުފަންދުވަހުގެ ސެޓްފިކެޓް ހެދުމުގެ ފީ އަކަށް -/10  ( ދިހަރުފިޔާ )

3- ރަށްވެހިންގެ ރަޖިސްޓަރީ ހެދުމުގެ ފީ އަކަށް  -/10  ( ދިހަރުފިޔާ )

4- އެއްރަށެއްގެ ރަށްވެއްސަކު އަނެއްރަށެއްގެ ރަށްވެއްސަކަށް ވުމުން ހައްދާ ސެޓްފިކެޓުގެ ފީ އަކަށް -/30 ( ތިރީސްރުފިޔާ  )

5- ގޯތިރަޖިސްޓަރީ ހެދުމުގެ ފީ އަކަށް 10 ( ދިހަރުފިޔާ)

6- ޢިމާރާތާއި ގޯތިރަޖިސްޓަރީ ހެދުމުގެ ފީ އަކަށް -/10 ( ދިހަރުފިޔާ)

                       މަތީގައި ދެންނެވިފައިވާ ކޮންމެ ރަޖިސްޓަރީ، ސެޓްފިކެޓް ގެއްލިގެން ހައްދާ ނަމަ ޖޫރިމަނާގެ ފީ އަކަށް -/100 ( އެއްސަތޭކަ ރުފިޔާ)

                       ވީމާ، 20 ޑިސެންބަރު 2020 އިން ފެށިގެން މިކައުންސިލުން މަތީގައި ދެންނެވިފައިވާ ޚިދުމަތްތަކުން ފީ ނަގަމުންދާނެ  ވާހަކަ އާންމުކޮށް އަންގާ އިއުލާނުކުރަމެވެ.

                                                05 ޖުމާދަލް އޫލާ  1442

                                                20 ޑިސެންބަރު  2020 

20 ޑިސެންބަރު 2020
ހޯދާ