ފުނަދޫ ސްކޫލް
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނިފޯމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

ފުނަދޫ ސްކޫލު

ށ.ފުނަދޫ، ދިވެހިރާއްޖެ                                        ނަންބަރު: (IUL)GS-59-B/INDIV/2020/10

 

އެކްޓިވިޓީ ޔުނިފޯމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

2021ވަނަ އަހަރަށް ބޭނުންވާނެ އެކްޓިވިޓީ ޔުނިފޯމް މި ސުކޫލުންދޭ ނަމޫނާއަކާއި އެއްގޮތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.  

މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

2020 ޑިސެންބަރު 20ން 23ގެ މެންދުރުފަހު 2:00 ކުރިން ފުނަދޫ ސްކޫލާއި ގުޅުއްވައިގެން ނަންނޯޓު ކުރުމަށް ދަންނަވަމެވެ. ބީލަމުގައި ބައިވެރިވެވޭނީ މި މުއްދަތުގައި ނަންނޯޓު ކުރާ ފަރާތްތަކަށެވެ.

މިބީލަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 2020 ޑިސެންބަރު 24 ވާ ބުރާސްފަތި ދުވަހު 11:00ގައި ފުނަދޫ ސްކޫލުގައެވެ.

މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތާއި މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ހިމެނިފައިވާނެއެވެ.

ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2020 ޑިސެމްބަރ 28 ވަނަ ދުވަހުގެ 11:00 ގައި ފުނަދޫ ސްކޫލު އޮފީހުގައެވެ.

ބީލަމުގެ ބައިވެރިވާން އެދޭ ފަރާތްތައް ނަންނޯޓު ކުރުމާއި އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުނަދޫ ސްކޫލް،

ރެހެންދިމަގު / ށ.ފުނަދޫ

ފޯން: 6540540

އީމެއިލް: [email protected]

20 ޑިސެންބަރު 2020

20 ޑިސެންބަރު 2020
ހޯދާ