ދިވެހިރާއްޖެ
ނަންބަރު: IUL)285-A/285/2020/59) އިޢުލާން ހެނބަދޫ ބަނދަރު ސަރަހައްދުގައި ހެދުމަށް ހަމަޖެހިފައިވާ ބެންޗުތަކާއި ޖެޓީ ހެދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާނެ ފާރާތްތަކުގެ ދަފުތަރެއް އެކުލަވާލުމާ ގުޅޭ: ހެނބަދޫ ބަނދަރު ސަރަޙައްދު ޒީނަތްތެރިކުރުމުގެ ގޮތުން ހެދުމަށް ހަމަޖެހިފައިވާ ބެންޗުތަކާއި، ބަނދަރުގައި ކުދި ޑިންގީތަކަށް ޚާއްސަ ޖެޓީގެ މަސައްކަތްކުރުމަށްޓަކައި ދުވަހު މުސާރައަށް މީހުން ނަގައިގެން ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކައުންސިލުން ދަނީ ކުރަމުންނެވެ. ވީމާ، މި މަސައްކަތް ކުރުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 24 ޑިސެންބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މި ކައުންސިލަށް ގުޅައި ނުވަތަ މިކައުންސިލަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ. މި މަސައްކަތް ކުރާފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ އުޖޫރައާއިގުޅޭ މަޢުލޫމާތު ތިރީގައި އެވަނީއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 05 ޖުމާދިލްއައްވަލް 1442 20 ޑިސެންބަރ 2020
ހުސައިން އަބޫބަކުރު ހެނބަދޫ ކައުންސިލްގެ ނައިބް ރައީސް |