ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
އެސޯސިއޭޓް ސްޕެޝަލިސްޓް އިން ސައިކޭޓްރީ (ވޭޖް އެމްޕްލޯއިމަންޓް)

މަގާމު

އެސޯސިއޭޓް ސްޕެޝަލިސްޓް އިން ސައިކޭޓްރީ (ވޭޖް އެމްޕްލޯއިމަންޓް)  

މަޤާމުގެ ނަންބަރު

-

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ކޮންޓްރެކްޓް (03މަސް)

މަޤާމުގެ ރޭންކް

CS13- 1

މަޤާމުގެ ކްލެސިފިކޭޝަން

ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރސް

ސެކްޝަން

ޓްރީޓްމެންޓް ސެންޓަރސް މެނޭޖްމެންޓް ސެކްޝަން

މަޤާމް އޮތް އޮފީސް

ނޭޝަނަލް ޑްރަގް އޭޖެންސީ، ކ. މާލެ

ވަޒީފާ އަދާކުރަން ޖެހޭ ތަން

ހުޅުމާލު ފަރުކޮޅުފުށި/ގުޅީފަޅު

މުސާރަ:

ފަރުވާ ދެއްވާ ކޮންމެ ގަޑިއަކަށް -/364.50 (ތިން ސަތޭކަ ފަސްދޮޅަސް ހަތަރު ރުފިޔާ ފަންސާސް ލާރި) ރުފިޔާގެ ރޭޓުން، އުޖޫރަ ދެވޭނެއެވެ.

މަސައްކަތްކުރަންޖެހޭ ގަޑި

ދުވާލަކު 4 ގަޑިއިރަށް

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބްތައް:

  1. އެން.ޑީ.އޭގެ ދަށުން ހުޅުމާލު ފަރުކޮޅުފުށި/ގުޅީފަޅުގައި ހިނގަމުންދާ ފެސިލިޓީތަކުގެ ކްލައިންޓުންގެ ތެރެއިން ސައިކޭޓްރިކް ފަރުވާ ބޭނުންވާ ކްލައިންޓުންނަށް ފަރުވާ ދިނުމުގެ އެންމެހައި މަސައްކަތްކުރުން. އަދި ސައިކޭޓްރިކް ފަރުވާއަށް ބިނާކޮށް ކްލައިންޓުންނަށް ބޭސް ދިނުމުގެ އެންމެހާ މަސައްކަތް ކުރުން
  2. ފަރުވާ ދެވޭ ކްލައިންޓުންގެ މެޑިކަލް ރެކޯޑްތަށް އިލެކްޓްރޯނިކްކޮށް ތައްޔާރުކޮށް ބެލެހެއްޓުން.

 

 

މަޤާމުގެ ޝަރުތުތައް

މެޑިކަލް އޮފިސަރެއްގެ ޝަރުތު ހަމަވުމާއި އެކު ، މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ 2އަހަރު ދުވަހަށްވުރެ ކުރުނޫން ޕޯސްޓްގްރެޖުއޭޓް އިން ޑިޕްލޮމާއެއް ނުވަތަ އެފެންވަރުގެ ސެޓްފިކެޓެއް ކްލިނިކަލް ސްޕެޝަލްޓީއަކުން ހާސިލްކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ސްޕެޝަލިސްޓެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން

ނޯޓް:މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އިސްކަންދެވޭނީ ދިވެހި ބޭފުޅުންނަށެވެ. ނަމަވެސް، ދިވެއްސަކު ނުލިބިއްޖެނަމަ ބިދޭސީ މުވައްޒަފަކު ނެގޭނެ ވާހަކަ ދަންނަވަމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

1. ތަޢުލީމާއި ތަމްރީން.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަވިއު.

4. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

5. އާސަންދަ ޕޯޓަލްގައި ރަޖިސްޓްރީވެފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފައަށް އެދި ހުށަހަޅާ ސިޓީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ބޭރުފަރާތެއްނަމަ ޕާސްޕޯޓް ކޮޕީ
  4. ރެޖިސްޓްރޭޝަން އަދި ޕްރެކްޓިސިންގ ލައިސެންސް (މުއްދަތު ހަމަނުވާ(

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދު ހުށަހަޅާ ލިޔެކިޔުންތަށް ނޭޝަނަލް ޑްރަގް އޭޖެންސީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23ޑިސެމްބަރ 2020 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން، ނޭޝަނަލް ޑްރަގް އޭޖެންސީ އަށެވެ. އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 3328184އެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ، 2020 ޑިސެމްބަރ މަހުގެ ތެރޭގައި ނޭޝަނަލް ޑްރަގް އޭޖެންސީގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

30% (ތިރީސް އިންސައްތަ)

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3343061 / 3334568 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3328184 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

02 ޖުމާދުލްޢޫލާ 1442

                                                         17 ޑިސެމްބަރ 2020

17 ޑިސެންބަރު 2020
ހޯދާ