މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ބިޒްނަސް ވީޒާ އަދި ސެޕްޝަލް ވީޒާ ގެ ދަށުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ވާރކްވީޒާއަށް ބަދަލުކުރުމާއި ގުޅޭ

ކޮވިޑް-19 ގެ ސަބަބުން، ޤައުމުތަކުގެ ބޯޑަރ ބައިނަލް އަޤްވާމީ ދަތުރުފަތުރަށް ހުޅުވާފައި ނުވުމުގެ ސަބަބުން، ރާއްޖެއިން ފުރައިގެން ނުދެވިފައިވާ ފަރާތްތަކުގެ ތެރެއިން، ތިރީގައި މިދަންނަވާ ފަރާތްތަކަށް އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ދަށުން ވާރކްވީޒާ ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މިގޮތުން ވާރކްވީޒާއަށް އެދި ހުށަހަޅާ ފަރާތަކީ މުއްދަތު ހަމަނުވާ ވީޒާއެއްގައި ރާއްޖޭގައި އުޅެމުންގެންދާ ފަރާތެއް ކަމުގައިވާންވާނެއެވެ.

  • 1 ޑިސެންބަރ 2020 ގެ ކުރިން، ބިޒްނަސް ވީޒާ ގެ ދަށުން ރާއްޖެ އެތެރެވެފައިވާ ފަރާތެއް ކަމުގައިވުން.
  • ސްޕެޝަލް ވީޒާ ލިބިގެން ރާއްޖޭގައި އުޅެމުންގެންދާ ބިދޭސީންގެ ތެރެއިން، ރާއްޖޭގައި ވަޒީފާ އަދާކުރަމުންގެންދާ ފަރާތްތަށް. މީގެތެރޭގައި ކްލަބް އެސޯސިއޭޝަން އަދި ޖަމިއްޔާތަކުން ގެނެސްފައިވާ ފަރާތްތަށް ހިމެނޭ ގޮތަށް

އަދި ދަންނަވަމެވެ. މަތީގައި ދެންނެވުނު ފަރާތްތަކުގެ ވީޒާ ބަދަލުކުރުމުގެ އެންމެހައިކަންކަން،  30 ޖޫން 2021 ގެ ކުރިން، ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ކުރިއަށް ގެންދެވުން އެދެމެވެ.  

17 ޑިސެންބަރު 2020
ހޯދާ