ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ގާއިމުކުރަން ހަމަޖެހިފައިވާ ސަޓިފިކޭޝަން ބޮޑީއަށް ކޮންސަލްޓެންސީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

އިޢުލާން

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން (ބީ.ސީ.ސީ) ގާއިމުކުރަން ހަމަޖެހިފައިވާ ސަޓިފިކޭޝަން ބޮޑީއަށް ކޮންސަލްޓެންސީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

މި ޕްރޮޖެކްޓަށް ރެޖިސްޓަރ ވުމުގެ ފުރުޞަތު 21 ޑިސެމްބަރ 2020 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 އާ ހަމައަށް ހުޅުވިފައި ވާނެއެވެ. އަންނަނިވި ލިންކްhttps://tinyurl.com/y8sg4l83) ) މެދުވެރިކޮށް ރެޖިސްޓަރ ވެވޭނެއެވެ. މި ޕްރޮޖެކްޓާއި ބެހޭ މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 21 ޑިސެމްބަރ 2020 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގައި ޒޫމް މެދުވެރިކޮށެވެ. މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް ހާޒިރީ ނުދެވޭނެއެވެ. މި ޕްރޮޖެކްޓަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 24 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުއެވެ. ބީލަން ހުށަހަޅާނީ [email protected] އަށް ޕާސްވޯޑް ޕްރޮޓެކްޓް ކުރެވިފައިވާ ފައިލެއްގައެވެ. މިޕްރޮޖެކްޓާއި ބެހޭ އެންމެހާ މައުލޫމާތު މި އިއުލާނާއި އެކު އެޓޭޗްކޮށްފައިވާ ޓާރމްސް އޮފް ރެފަރެންސްގައި ހިމަނާފައިވާނެއެވެ.

 

މާކުސް ދެވޭ ބައިތަތައް:

މާރކްސް ދެވޭ އުޞޫލު

%

މަސައްކަތުގެ އަގު

އެންމެކުޑަ އަގު ހުށަހަޅާ ފަރާތަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން

40

ޝަރުތު

މަސައްކަތާއި ގުޅޭ ދާއިރާއަކުން ބެޗެލާރސް ޑިގްރީ ނުވަތަ އެއާއި އެއްވަރު ސަނަދެއް ހާޞިލްކޮށްފައިވާނަމަ ފުލް މާރކްސް ދެވޭނެއެވެ.

20

ތަޖުރިބާ

ތަޖުރިބާއަށް މާރކްސްދެވޭނީ، ކޮށްފައިވާ މިފަދަ މަސައްކަތްތައް ނިންމިކަމުގެ ރިފަރެންސް ލެޓަރ ހުށަހަޅާފައިވާނަމައެވެ. (ގިނަވަގެން މިބަޔަށް ލިބޭނީ 40 ޕޮއިންޓެވެ.)

40

 

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)

މއ. މާދެލި، 6 ވަނަ ފަންގިފިލާ، މަޖީދީ މަގު، މާލެ

ފޯނު: 3305555 , 3010613

އީމެއިލް: [email protected]

 

ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

 

 
17 ޑިސެންބަރު 2020
ހޯދާ