ދިވެހިރާއްޖެ
`
ކެޔޮދޫ ސްކޫލް
ވ. ކެޔޮދޫ، ދިވެހިރާއްޖެ
އިޢުލާން ނަންބަރ: GS70/IUL/2020/13
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ކަރަންޓް ވިއުގަ ބަދަލުކުރުން
މި ސްކޫލްގެ ކަރަންޓް ވިއުގަ ބަދަލު ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެ ކުރެވުނު މިސްކޫލްގެ ނަންބަރ: GS70/IUL/2020/11 އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ އެ މަސައްކަތަށް އަލުން އިއުލާން ކުރަމެވެ.
މި ސްކޫލްގެ ކަރަންޓް ވިއުގަ ބަދަލު ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 ޑިސެމްބަރ 17 ން 2020 ޑިސެމްބަރ 22 ށް ބަންދުނޫން ދުވަސްތަކުގެ 8:30 އިން 13:00 އަށް މި ސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
މި މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 24ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހު 10:00 ކެޔޮދޫ ސްކޫލް ގައެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2020 ޑިސެމްބަރ 28 ވަނަ ދުވަހުގެ 10:00 ގައި ކެޔޮދޫ ސްކޫލްގައެވެ.
މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކެޔޮދޫ ސްކޫލް
ވ. ކެޔޮދ، ދިވެހިރާއްޖެ.
ފޯން: 6700804 ، 7476523 ، 7468184
އީ-މެއިލް: [email protected]
02 ޖުމާދަލްއޫލާ 1442
17 ޑިސެމްބަރ 2020