އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ

                         އިޢުލާން

                                                  

       ނަންބަރު: 10/2020/HRFS/1-203(IUL)

 

 

 

 

ތިރީގައި  މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ޖީ.އައި.އެސް އޮފިސަރ

 

މަޤާމުގެ ނަންބަރު

J-322378

 

ބޭނުންވާ އަދަދު

1 (އެކެއް)

 

މަޤާމުގެ ގިންތި

 ދާއިމީ

 

މަޤާމުގެ ރޭންކް

އެމް. އެސް 2

 

މަޤާމުގެ ކްލެސިފިކޭޝްން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2 

 

ވަޒީފާ އަދާކުރަންޖެހޭ ތަން

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ

 

ސެކްޝަން

އެންވަޔަރަންމަންޓް ރިސަރޗް އެންޑް ކޮންޒަވޭޝަން ސެކްޝަން

 

މުސާރަ

-/6295 ރ (ހަހާސް ދުއިސައްތަ ނުވަދިހަ ފަސްރުފިޔާ)

 

ސަރވިސް އެލަވަންސް

2000 (ދެހާސްރުފިޔާ) ރުފިޔާ

 

އެހެނިހެން އެލަވަންސް

މުސާރައިގެ%35  (ނޮންޕްރެކްޓިސް)

މުސާރައިގެ %28  (ޓެކްނިކަލް ކޯ އެލަވަންސް)

 

މަޤާމުގެ މައިގަނޑު މަސްއޫލިޔަތުތަކާއި ވާޖިބުތައް

  1. ތިމާވެށީގެ މައުލޫމާތުތަށް އެއްތަނަކުން ފަސޭހަކަމާއިއެކުގައި ލިބޭނެ ގޮތަށް،  އެންވަޔަރަންމަންޓަލް އިންފޮމޭޝަން ސިސްޓަމެއް ގާއިމުކުރުމުކުރުމުގެ މަސައްކަތްތަށް ކުރުން.
  2. އެންވަޔަރަންމަންޓަލް އިންފޮމޭޝަން ސިސްޓަމް ބެލެހެއްޓުން އަދި އަޕްޑޭޓް ކުރުމަށް ކުރަންޖެހޭ މަސައްކަތްތަށް ރާވައި ހިންގުން.
  3. އެންވަޔަރަންމަންޓަލް އިންފޮމޭޝަން ސިސްޓަމަށް ބޭނުންވާ އީކޮލޮޖިކަލް ޑޭޓާބޭސް ތައްޔާރުކުރުމަށް ބޭނުންވާ މައުލާމާތު ހޯދުމަށް ކުރަންޖެހޭ ސާވޭ ދަތުރުތަކުގައި އަމަލީގޮތުން ބައިވެރިވެ އެހީތެރިވެދިނުން.
  4. އެންވަޔަރަންމަންޓަލް އިންފޮމޭޝަން ސިސްޓަމަށް ބޭނުންވާ ޖިއޮލޮޖިކަލް ޑޭޓާބޭސް ތައްޔާރުކުރުމަށް ބޭނުންވާ މައުލާމާތު ހޯދުމަށް ކުރަންޖެހޭ ސާވޭ ދަތުރުތަކުގައި އަމަލީގޮތުން ބައިވެރިވެ އެހީތެރިވެދިނުން.
  5. ސަރުކާރު އިދާރާތަކުން އެއްކުރާ ތިމާވެއްޓާއި ގުޅުންހުރި އަދި އޮފީހުގެ މަސައްކަތާއި ގުޅުންހުރި މައުލޫމާތުތަށް ހޯދުމުގެ ނިޒާމެއް އެފަރާތްތަކާއި މަޝްވަރާކޮށްގެން ހޯދުން، އަދި އެމައުލޫމާތުތަށް ސިސްޓަމަށް އަޕްލޯޑުކޮށް / ސިސްޓަމުގެތެރެއިން ބޭނުންވާ ފަރާތްތަކަށް ލިބޭނޭ ނިޒާމެއްގާއިމު ކުރުން.
  1. ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަށް އަދި ދިރުންތަކާއި ގުޅޭ ދިރާސާތަކުގެ މައުލޫމާތުތަށް ހޯދައި އެމައުލޫމާތަށް  ސިސްޓަމުގެތެރެއިން ބޭނުންވާ ފަރާތްތަކަށް ލިބޭނޭ ނިޒާމެއް ގާއިމު ކުރުން.
  1. އެންވަޔަރަންމަންޓަލް އިންފޮމޭޝަން ސިސްޓަމަށް މައުލޫމާތުތަށް އެޅުމުގައި ގެންގުޅެން ޖެހޭ މިންގަޑުތަށް އެކުލަވާލައި، އެމިންގަޑުތަށް ސިސްޓަމް ބޭނުންކުރާ ފަރާތްތަކާއި ހިއްސާކޮށް އެކަމަށް އަހުލުވެރިކުރުވުން.
  2. އެންވަޔަރަންމަންޓަލް އިންފޮމޭޝަން ސިސްޓަމާއި އަދި އޭގައި އެކުލެވޭ މައުލޫމާތުތަށް ހިއްސާކުރުމުގައި، ދައުލަތުގެ އެންމެހައި މުއައްސަސާތަށް އަދި ޖަމިއްޔާ  ޖަމާއަަތްތަކަށް ދޭންޖެހޭ އެއްބާރުލުންދީ، އެފަރާތަކާއި ގުޅިގެން މަސައްކަތްކުރުން.
  3. މީގެ އިތުރުންވެސް އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭ ގޮތުން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.

 

މަޤާމުގެ ޝަރުޠުތައް

1-      އެންވަޔަރަންމަންޓަލް ސައިންސް ނުވަތަ ޖިއޯގްރަފިކް އިންފޮމޭޝަން ސިސްޓަމް ނުވަތަ ޖިއޯގްރަފިކަލް އިންފޮމޭޝަން ސައިންސް ނުވަތަ ޖިއޯމެޓިކް އާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

1-      ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި އޭޖެންސީގެ  www.epa.gov.mv ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3-      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭފަދަ ކޮޕީއެއް" ނުވަތަ އައި.ޑީ ކާޑް ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ  އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް".

4-      ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5-      ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. 

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒުކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6-      ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.

7-      ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8-      މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ. 

(ހ) ސި ވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުއްޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ނ) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފއިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމު.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ދިރާސާ ކުރުމާއި، ދިރާސާ ކުރަން ބޭނުންކުރާ އިކުއިޕްމަންޓް އަށް  އަހުލުވެރިވެފައިވާ ފަރާތެއްކަމުގައިވުން.
  2. ރަށުން ބޭރުގައި މަސައްކަތް ކުރުން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަށްޖެހޭ ތަކެތި ހުށަހަޅާނީ 2020 ޑިސެމްބަރު 24 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން  އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް  [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެވެ.  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި އިމްތިޙާން ކުރުން 2020 ޑިސެމްބަރު 27 އާއި 2021 ޖެނުވަރީ 15 އާ ދޭތެރޭގެ ތާރީޚެއްގައި މި އޭޖެންސީގައި އޮންނާނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚު ތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

"ވަޒީފާއަށް  ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމު)" ޢާންމުކުރުން.

އިންޓަރވިޔު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2ފޯމް)" ޢާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2ފޯމް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3335949 އަށެވެ. އީ- މެއިލް ކުރާނީ[email protected]   އަށެވެ. ސިވިލްސަރވިސްގެ ވަޒީފާތަކަށް މީހުންހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތަށް އަދި އެ އުސޫލުތަކާއި ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުސޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެންހުންނާނެ އެވެ.

 

  01  ޖުމާދަލްއޫލާ  1442ހ

                                          16  ޑިސެމްބަރު  2020މ       

 

         

 

 

 

 

 

     

 

 

 

 

 

 

 

 

 

 

 

308

16 ޑިސެންބަރު 2020
ހޯދާ