ދިވެހިރާއްޖެ
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ ނަންބަރު: IUL/303-AS/2020/57
އިޢުލާން
ރައްޔިތުންގެ ބޭސްފިހާރައާއި އެއް އިންކޮށް ދެކުނަށް ހުރި އިމާރާތުގައިވާ ތަކެތީގެ ވެރިފަރާތެއް ހޯދުމާއި ގުޅޭ
އުނގޫފާރު ރައްޔިތުންގެ ބޭސް ފިހާރައާއި އެއް އިންކޮށް ދެކުނަށް ހުރި އިމާރާތުގައިވާ އެންމެހާ ތަކެތީގެ ވެރިފަރާތެއް ވާނަމަ މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި ލިޔުމުން އެކަން މިކައުންސިލަށް އަންގާ، 23 ޑިސެމްބަރ 2020 ގެ ކުރިން އެތަނުގައި ހުރި މުދާ ހުސްކޮށް ކައުންސިލަށް އެންގުމަށް ދަންނަވަމެވެ. އަދި މިމުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން ހުށަނާޅާނަމަ، ތަނުގައި ހުރި މުދާ ކައުންސިލްގެ ބެލުމުގެ ދަށުން ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
30 ރަބީއުލްއާހިރު 1442
15 ޑިސެމްބަރ 2020