ދިވެހިރާއްޖެ
ނަމްބަރ: (IUL)297-AD/297/2020/62
އިޢުލާން
2021 ވަނަ އަހަރަށް ވަގުތީގޮތުން މިސްކިތު މުދިމުން / އިމާމުކަން ކުރުމަށް ވަގުތީ މުވައްޒަފުންނެގުން
މިރަށުމިސްކިތު އިމާމުން / މުދިމު ޗުއްޓީނަގާ ނުވަތަ މަސައްކަތަށް ހާޟިރުނުވާ ހާލަތުގައި މިސްކިތުގެ މުދިމުކަން ނުވަތަ އިމާމުކަން 1 އަހަރުދުވަހުގެ މުއްދަތަށް ( 2021 ޖެނުއަރީ 1 ން 2021 ޑިސެމްބަރ 31 ށް ) ކޮށްދެވިދާނެ ފަރާތްތަކުން މުއްދަތު ހަމަނުވާ އައިޑީކާޑުގެ ފޮޓޯކޮޕީއާއި ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއިއެކު 22 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 14.00 ގެ ކުރިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުންއެދެމެވެ.
· މަޤާމުގެ މުސާރައާއިބެހޭ
މުސާރަ: ރޭންކް GS3 ގެ އިމާމެއްނަމަ
ކޮންމެ ނަމާދު ވަގުތަކަށް 61.00 ރުފިޔާ (ފަސްދޮޅަސްއެއް ރުފިޔާ)
ރޭންކް GS1 ގެ މުދިމެއްނަމަ ކޮންމެ ނަމާދުވަގުތަކަށް 53.00 ރުފިޔާ (ފަންސާސް ތިން ރުފިޔާ)
- އެލަވަންސް: ނެތް
އަދި ދަންނަވަމެވެ. މިމަސައްކަތްކޮށް ދިނުމަށް އެދޭފަރާތްތަކާއި މިކައުންސިލާ ދެމެދުވެވޭ އެއްބަސްވުމެއްގެ ދަށުން މަސައްކަތް ހަވާލުކުރެވޭނީ ކަނޑައެޅޭ ތަރުތީބަކުންނެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.
29 ރަބީޢުލްއާޚިރު 1442
14 ޑިސެމްބަރ 2020