ދިވެހިރާއްޖެ
މި އިޢުލާންވަނީ 16 ޑިސެންބަރު 2020 13:41 ގައި ބާތިލް ކުރެވިފައެވެ.
ނަމްބަރ: IUL)297-AD/297/2020/60
އިޢުލާން
ކޮންޓްރެކްޓް އެމްޕްލޮއިމަންޓްގެ ދަށުން ރައްޔިތުންގެ ޢިމާރާތް ބަލަހައްޓާނެ މީހަކުބޭނުންވެއްޖެ
ކޮންޓްރެކްޓް އެމްޕްލޮއިމަންޓްގެ ދަށުން ރައްޔިތުންގެ ޢިމާރާތް ބަލަހައްޓާނެ މީހަކުބޭނުންވެއްޖެ
މަޤާމް: މަސައްކަތު
ބޭނުންވާ އަދަދު: 1 (އެކެއް)
މަސައްކަތްކުރަންޖެހޭ ތަން : ރައްޔިތުންގެ ޢިމާރާތްތައް ބެލެހެއްޓުން،
މަސައްކަތްކުރުމަށް ހަމަޖެހިފައިވާގޮތް: ދުވާލަކު 6 (ހައެއް) ގަޑިއިރު
މަޤާމުގެ މުސާރަ: =/3100 (ތިންހާސް އެއްސަތޭކަ) ރުފިޔާ
ސަރވިސްއެލަވަންސް: -/1000 (އެއްހާސް ރުފިޔާ)
މުއްދަތު: 1 (އެކެއް) އަހަރު
އުޖޫރައާއި އިނާޔަތްތައް: މުވައްޒަފުންނަށްދެވޭޢިނާޔަތްތަކާއި، (ހަމަޖެހިފައިވާއުޞޫލާއެއްގޮތްވާ ގޮތުގެމަތިން) އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ޔުނިޓް: ނ.ވެލިދޫކައުންސިލްގެ އިދާރާ / އިކޮނޮމިކް ސޯސަލް އެންޑް މުނިސިޕަލް ސަރވިސް
1- މަޤާމުގެ ޝަރުޠުތައް:
- ލިޔަންކިޔަން ، ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.
- ޢުމުރުން 18 އަހަރާއި 65 އަހަރާދެމެދުގެ އަންހެނަކަށްވުން.
2- މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
1.ރަންވެލި (ހ) ގޯތިތެރެއާ ގޯތިން ބޭރު މަގުމަތި ދުވާލަކު އެއްފަހަރު ކުނިކަހާ ސާފްކުރުން.
(ށ) ދޮރާދޮރުފަތާ،ސީލިންގއާ ނަލަފިލާއިން މަކުނުވާފިލުވާ ފޮހެސާފްކޮށް ބެލެހެއްޓުން، (މަހަކު 1 ފަހަރު)
(ނ) ފަރނީޗަރާ، ފިޓިންގްސްއާ އެހެނިހެން ތަކެތި ފޮހެ ސާފްކުރުމާ އެތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
(ރ) ބެޑްސީޓާ ބާލީހުއުރައާ، ދޮރުފޮއްޗާ ފާޚާނާގައި ބޭނުންކުރާ ތުވާލިފަދަ ތަކެތި ދޮވެ ސާފްކުރުމާ އެތަކެތި ރައްކާތެރިކަމާއެކު ބަދަލްކޮށް ބެލެހެއްޓުން.
(ބ) ފުރާޅާދިޔަދޮވި ސާފްކޮށް ބެލެހެއްޓުން. (މަހަކު 1 ފަހަރު)
(ޅ) ފާޚާނާތަކާއި ކޮޓަރިތަކާއި ދެފަރާތު ސިޓިންގރޫމް ސާފްކޮށް މަދުވެގެން ހަފްތާއަކު 1 ދުވަހު މޮޕްކޮށް ގިފިލިތެރެ ނޮޅާސާފްކުރުން.
- ދޯދި (ހ) ގޯތިތެރެއާ، މަގުމަތިކުނިކަހާ ސާފްކުރުން.
(ށ) ދޮރާ ދޮރުފަތާ، ސީލިންގ، ނަލަފިލާ، ފޮހެސާފްކޮށް ބެލެހެއްޓުން.
(ނ) ފަރނީޗަރާ ފިޓީންގްސް، އާ އެހެނިހެން ތަކެތި ފޮހެސާފްކުރުމާ، އެތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
(ރ) ބެޑްސީޓާ ބާލީހުއުރައާ، ދޮރުފޮއްޗާއި ފާޚާނާގައި ބޭނުންކުރާ ތުވާލި ފަދަ ތަކެތި ދޮވެ ސާފްކުރުމާ އެތަކެތި ބަދަލްކޮށް ބެލެހެއްޓުން.
(ބ) ފާޚާނާތަކާއި ކޮޓަރިތަކާއި ސިޓިންގރޫމާއި ފެންޑާމަތި ސާފްކޮށް މަދުވެގެން ހަފްތާއަކު 1 ދުވަހު މޮޕްކޮށް ގިފިލިތެރެ ނޮޅާސާފްކުރުން.
(ޅ) ފުރާޅާ، ދިޔަދޮވި ސާފްކޮށް ބެލެހެއްޓުން. (މަހަކު އެއްފަހަރު)
- ހޮޅުއަށިގެ (ހ) ގޯތިތެރެއާއި ސްޓޭޖްމަތި (ދުވާލަކު 1 ފަހަރު) ކުނިކަހާ ސާފްކުރުން.
(ށ) ދޮރާދޮރުފަތް ސީލިންގ، ނަލަފިލާ ފޮހެ ސާފްކޮށް ބެލެހެއްޓުން. (މަހަކު އެއްފަހަރު)
(ނ) ފާރނީޗަރާ ފިޓިންގްސްއާ އެހެނިހެން ތަކެތި ފުހެ ސާފްކުރުމާ، އެތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
(ރ) ބެޑްސީޓާ ބާލީހުއުރައާ، ދޮރުފޮއްޗާއި ފާޚާނާގައި ބޭނުންކުރާ ތުވާލި ދޮވެ ސާފްކުރުމާ އެތަކެތި ބަދަލްކުރުން.
(ބ) ފާޚާނާއާއި ކޮޓަރިތަކާއި ފެންޑާމަތި ސާފްކޮށް މަދުވެގެން ހަފްތާއަކު 1 ދުވަހު މޮޕްކުރުން.
(ޅ) ފުރާޅާ ދިޔަދޮވި ސާފްކޮށް ބެލެހެއްޓުން. (މަހަކު 1 ފަހަރު)
- ކާޑުގެ ސަރަޙައްދު މަހަކު 1 ފަހަރު ވިނަނޮޅާ ކުނިކަހާ ސާފްކޮށް ބެލެހެއްޓުން.
- ރަންވެލި، ދޯދި، ހޮޅުއަށިގެލައިޓްތައް އެދުމުން ، ފެންޕައްޕަށް ދިމާވާ މައްސަލައާއި ، އެހެންވެސް ކަމެއްދިމާވެއްޖެނަމަ ކައުންސިލަށް ހުށަހަޅައިގެން ހައްލުކުރުމަށް މަސައްކަތް ކުރުން.
- ބަލަހައްޓަމުންދާ ޢިމާރާތްތަކުގެ ކަރަންޓަށްލިބޭ ގެއްލުންތައް ހައްލުކުރުމަށް ކައުންސިލުން ކަނޑައަޅާފައިވާ ސްޕަވައިޒަރަށް ހުށައަޅައިގެން މަސައްކަތްކުރުން.
- ޢިމާރާތްތަކުގެ ކޮޓަރިތައް ތައްޔާރުކުރުމަށް އެންގުމުން ބެޑްސީޓް ބާލީހުއުރަބަދަލުކޮށް ، ފާޚާނާ ތެރެ ސާފްކޮށް ކޮޓަރިތެރެ ސާފްކޮށް ކޮޓަރިތެރެކުނިކަހާ ތައްޔާރުކޮށް ކައުންސިލްގެ އިދާރާއިން އަންގާފަރާތަކަށް ތަޅުދަނޑި ޙަވާލްކުރުން.
- ކުޑަކުދިންގެ ޕާކާއި ، އައުޓްޑޯ 2 ޖިމްގެ އެތެރެ ކުނިކަހާ ސާފްކޮށް ޖިމްގެތަކެތި ފޮހެސާފްކޮށް ކަސްރަތުކުރާއެއްޗަކަށް މައްސަލައެއްދިމާވެއްޖެކަން އެނގިއްޖެނަމަ އެކަން ކައުންސިލްގެ އިދާޜާގެ އިކޮނޮމިކް ސޯސަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓަށް އެއްގުން.
- ކައުންސިލްގެ އިދާރާއިން ކުރިޔަށްގެންދާ ޚާއްސަމަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަރްކުރުން.
މީހުންހޮވުމުގައި ބަލާނެކަންތައްތައް
- ވަޒީފާގެ މަސައްކަތާގުޅޭގޮތުން ލިބިފައިވާ ހުނަރު / ތަޖުރިބާ
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށްވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:
- މަސައްކަތުގެ ދާއިރާއިން/ ލިބިފައިވާ ހުނަރު / ތަޖުރިބާ
- މަސައްކަތްކުރަންދަންނަ މިންވަރު
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:
- މިމަޤާމަށް މީހަކުހޮވުމަށް ބާއްވާ އިންޓަވިއުކުރުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2020 ޑިސެމްބަރ މަހުގެ ފަހުކޮޅުގެ ތާރީޚެއްގައި ވެލިދޫކައުންސިލްގެ އިދާރާގައެވެ.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
މިވަޒީފާއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 22 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ވެލިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމް (އެޕްލިކޭޝަން ފޯމް ރަސްމީގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
.3 ވަޒީފާއަށް އެދޭ ފަރާތަށްލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެކޮޕީ) އަދި މަސައްކަތުތަޖުރިބާދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުންދޫކޮށްފައިވާލިޔުންތައް ނުވަތަ ލިޔަންކިޔަން ދަންނަކަންއަންގައިދޭ ލިޔުން ( މިލިޔުމަކީ ކިޔެވިތާކުން ނުވަތަ އެރަށެއްގެ ކައުންސިލްގެ އިދާރާއިން ދޫކޮށްފައިވާ ލިޔުމަކަށް ވުން )
4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ ، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ 6560010 ނަމްބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6560030 އެވެ. މެއިލް ކުރައްވާނީ [email protected] އަށެވެ.